ސްޓެލްކޯއިން އަލުން ބޯފެން އުފައްދަން ފަށަނީ

stelco fen

ސްޓެލްކޯ އިން އަލުން ބޯފެން އުފައްދަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ޕީއެސްއެމް ނިއުސް ޕްރޮގްރާމެއްގައި ވިދާޅުވީ ހަމައެކަނި ކަރަންޓްގެ ހިދުމަތްދޭ ކުންފުންޏެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި އިތުރު ދާއިރާތައް ސްޓެލްކޯގެ ތެރެއަށް ތައާރަފުކޮށް، އާމްދަނީ އިތުރުކުރަން ޖެހޭ ކަމަށެވެ. އެގޮތުން ދާދި ފަހުން ގާއިމުކުރި 50 މެގަވޯޓް އިންޖީނުން، ފެން ކުންފުންޏަކުން ފެން އުފައްދާ މިންވަރަށް ބޯފެން އުފެއްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފެން އުފެއްދުމުގެ ޤާބިލްކަން ސްޓެލްކޯގައި ހުރިކަން ފާހަގަކޮށް ޝަރީފް ވިދާޅުވީ އެ ޔޫޓިލައިޒް ކުރުމުގެ ވިސްނުންތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ފެން އުފައްދައި މާކެޓަށް ނެރެވޭނެ ގޮތަކާ ގުޅޭގޮތުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސްޓެލްކޯ އިން ބޯފެން އުފައްދަން ފެށީ 2017ގައެވެ. ނަމަވެސް އެ މަސައްކަތް އެ ކުންފުނިން ފަހުން ހުއްޓާލީއެވެ.

ޝަރީފް ވިދާޅުވީ ފެން އުފެއްދުމުގެ ވިޔަފާރީގެ އިތުރުން ސްޓެލްކޯ އިން ރިއަލް އެސްޓޭޓާއި އިޝްތިހާރުކުރުމާއި ރިސޯޓްތަކުގެ ކަރަންޓުގެ ޚިދުމަތުގެ ވިޔަފާރި ފަދަ ހިދުމަތްތަކިގެ ތެރެއަށް ވެސް ވަންނަން ބޭނުންވާ ކަމަށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި