އާސެނަލް ބަލިވެ ގަދަ ހަތަރަކަށް އެރުމުގެ އަމިއްލަބާރު ގެއްލިއްޖެ

IMG_20220517_100734

ހޯމަދުވަހުގެރޭ ކުޅުނުމެޗުން ނިއުކާސަލް އަތުން 2-0 ގެ ނަތީޖާއިން އާސެނަލް ބަލިވެ ގަދަ ހަތަރަކަށް އެރުމުގެ އަމިއްލަ ބާރު ގެއްލިއްޖެއެވެ.

ލީގްގެ ފަހުމެޗްގައި ނޯވިޗްސިޓީ މެޗުން ޓޮޓެންހަމް 1 ޕޮއިންޓް ހޯދިޔަސް އާސެނަލްއަށް ގަދަ ހަތަރެއް ގެއްލޭނެއެވެ.

ހޯމަދުވަހުގެރޭ ކުޅުނުމެޗުގައި ނިއުކާސަލް ލީޑުނެގީ 55 ވަނަ މިނިޓްގަ އެވެ. ޖޮއެލިންޓަން ނެގި ހުރަހެއް ޑިފެންސް ކުރަން އުޅުމުގެ ތެރޭގައި ބެން ވައިޓް ޖައްސާލި ބޯޅަ ވަނީ ބައިކޮޅަށެވެ.

ނިއުކާސަލް އިން ދެ ވަނަ ގޯލެއް ޖެހީ މެޗުގެ 85 ވަނަ މިނިޓްގަ އެވެ. ވިލްސަން ހިފައިގެން ދިޔަ ބޯޅައެއް ހުއްޓުވަން ކީޕަރު ރަމްސްޑޭލް އަތުން ޖައްސާލި ބޯޅަ އޭރިއާތެރެއިން ނިއުކާސަލްގެ ބްރޫނޯ ގިމާރޭސް އަށް ލިބުމުން އޭނާ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.
މި މެޗްގައި ގިނަ ވަގުތު ބޯޅަ ހިފައްޓައިގެން ކުޅުނީ ނިއުކާސަލް އިންނެވެ.

ގޯލާ އަމާޒްކޮށް 4 ހަމަލާ ނިއުކާސަލްއިން ވަނީ ފޮނުވައިލާފައެވެ. އާސެނަލްއަށް ފޮނުވާލެވުނީ 2 ހަމަލާއެވެ.
މެޗުން މޮޅުވުމުން ނިއުކާސަލް ވަނީ ތާވަލްގެ 12 ވަނައަށް ޖެހިލާފައެވެ.

އާސެނަލް އޮތީ ފަސްވަނައިގައެވެ.

މި ދެޓީމް މި މެޗްގެ ކުރިން ކުޅުނު 5 މެޗުންވެސް މޮޅު ވެފައިވަނީ އާސެނަލް އެވެ.

މި މެޗުން އާސެނަލް ބަލިވުމުން ކުރިޔަށް ދެމެޗް އޮށްވައި ޗެލްސީއަށް ވަނީ ގަދަ ހަތަރެއް ޔަގީންވެފައެވެ.
ފަހު މެޗްގައި އާސެނަލް ނިކުންނާނީ އަމިއްލަ ދަނޑުގައި އެވަޓަންއާއި ދެކޮޅަށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *