އިޓާލިއަން ކަޕް ފައިނަލްގައި 4-2 ގެ ނަތީޖާއިން ޖުވެންޓަސް މައްޗަށް ކުރިހޯދާ އިންޓަމިލާން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
ބުދަ ދުވަހުގެ ރޭ ކުޅުނު ފައިނަލްމެޗްގައި ފުރަތަމަ ލަނޑުޖަހާ ލީޑް ނެގީ އިންޓައިންނެވެ. މާރިއޯ ބްރޮޒޮވިޗް ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ގޯލް ކާމިޔާބް ކޮށްދިނީ މެޗްގެ 6 ވަނަ މިނެޓްގައި ބަރެއްލާއެވެ.
ފުރަތަމަ ހާފް ނިމުނީ 1-0 ގެ ނަތީޖާއިން އިންޓަ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފް ފަށައިގެން 50 އަދި 52 ވަނަ މިނެޓްގައި ދެގޯލް ޖަހައި މެޗްގެ ލީޑް ނެގިއެވެ. ޔުވެންޓަސް ގެ ފުރަތަަމަ ގޯލް ކާމިޔާބް ކޮށްދިނީ އެލެކްސް ސާންޑްރޯ އެވެ. ދެވަނަ ގޯލް ކާމިޔާބު ކޮށްދިނީ ޑޫސަން ވާލްހޮވިޗްއެވެ.
2-1ގެ ނަތީޖާއިން މެޗު ނިމެން ދަނިކޮށް މެޗުގެ 80 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީން ކާމިޔާބް ކޮށް އިންޓައަށް ނަތީޖާ ހަމަ ހަމަ ކޮށްދިނީ ހަކަން ޗަންގްލޫއެވެ.
މެޗްގެ ފުރިހަމަ ވަގުތު ހަމަ ވުމުން 2-2 ގެ ނަތީޖާއިން އެއްވަރުވުމުން ކުޅުނު 15 މިނެޓްގެ ދެހާފް ތެރެއިން ފުރަތަމަ ހާފްގައި އިނޓައިން ވަނީ ލަޑެއްޖަހާ ދެވަނަ ފަހަރަށް މެޗްގައި ލީޑް ނަގާފައެވެ. މިގޯލް ކާމިޔާބް ކޮށްދިނީ ލިބުނު
ޕެނަލްޓީއަކުން އިވާން ޕެރެސިޗްއެވެ. އޭގެ ތިންމިނިޓް ފަހުން ޕެރެސިޗް ގޯލެއްޖަހާ މި މުބާރާތް 14 ފަހަރު ކާމިޔާބްކުރި އެންމެ ފަހުގެ ޗެމްޕިއަން ޖުވެންޓަސް މައްޗައް ކުރިހޯދާ އިންޓައަށް އިޓާލިއަން ކަޕް ކަށަވަރު ކޮށްދިނެވެ.
މީ މުބާރާތް އިންޓައިން ކާމިޔާބް ކުރި މީ 8 ވަނަ ފަހަރެވެ.
އިންޓަމިލާން މި މުބާރާތް ކާމިޔާބް ކުރީ 2011، 2010، 2006، 2005، 1982، 1978، 1939 މީގެ އިތުރުން މިފަހަރުގެ މުބާރާތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!