ށ. ފޯކައިދޫއިން ފުރައިގެން މާލެ ދަތުރު ކުރަނިކޮށް ފުރާގު 2 ބޯޓު ފަރަށް އެރި ހާދިސާގައި ނައިފަރު ކައުންސިލާއި ރައްޔިތުންގެ ފަރާތުން ލިބުނީ ވަރަށް ފުރިހަމަ އެހީތެރިކަމެއް ކަމަށް ފޯކައިދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ.

އެ ބޯޓު ފުންކޮށް މިރޭ 01:16 ހާއިރު ނައިފަރު ބަނދަރަށް ވައްދާފައިވާއިރު، އެކަން ފާހަގަކުރައްވައި ފޯކައިދޫ ކައުންސިލުން ވިދާޅުވީ، މި އުނދަގޫ ވަގުތުގައި ނައިފަރު ކައުންސިލާއި ރައްޔިތުންގެ ފަރާތުން ލިބުނީ ވަރަށް ފުރިހަމަ އެހީތެރިކަމެއް ކަމަށެވެ. އަދި އެކަމުގައި އެއްބާރުލުން ދެއްވި ހުރިހާ ފަރާތްތަކަށް ފޯކައިދޫ ކައުންސިލުން ވަނީ ޝުކުރު އަދާކުރަށްވާފައެވެ.

Ad
rt

130 މީހުންނާއި އެކު ދަތުރުކުރަމުން ދިޔަ މި ބޯޓު މިރޭ 3:00 ގައި ނައިފަރުން މާލެ ދާން ފުރާނެ ކަމަށް ވެސް ފޯކައިދޫ ކައުންސިލުން މައުލޫމާތު ދެއްވައެވެ.

ފަރަށް އެރި ފުރާގު ބޯޓު ފުންކޮށްފި

ށ. އަތޮޅު ކައުންސިލުން ވެސް މިރޭ ވަނީ ފުރާގު 2 ބޯޓު ފަރަށް އެރި ހާދިސާގައި ފޯރުކޮށްދިން އެހީތެރިކަން ފާހަގަކޮށް ނައިފަރު ކައުންސިލަށާއި، މުއައްސަސާތައް އަދި ރައްޔަތުންނަށް ޝުކުރު އަދާކޮށްފައެވެ. އަދި ސިފައިންނާއި، ފުލުހުންގެ އެހީތެރިކަން ވެސް އެކައުންސިލުން ފާހަގަ ކުރައްވައެވެ.

މިރޭ 8:30 ހާއިރު މި ބޯޓު އުރިފައި ވަނީ ޅ. ފެލިވަރު ކައިރީ އޮންނަ ފަރަށެވެ. މާލެ ދާން ފޯކައިދޫން މި ބޯޓު ފުރީ މިއަދު މެންދުރުފަހު 2 ޖަހާކަށް ހާއިރުއެވެ.