ފަރަށް އެރި ފުރާގު ބޯޓު ފުންކޮށްފި

ފުރާގު 2 ބޯޓު، ފޮޓޯ: ސޯޝަލް މީޑިއާ
ފުރާގު 2 ބޯޓު، ފޮޓޯ: ސޯޝަލް މީޑިއާ

ށ. ފޯކައިދޫއިން ފުރައިގެން މާލެ ދަތުރު ކުރަނިކޮށް ފަރަށް އެރި ފުރާގު 2 ބޯޓު ފުންކޮށްފިއެވެ.

މި ބޯޓު އުރިފައި ވަނީ ޅ. ފެލިވަރު ކައިރީ އޮންނަ ފަރަކަށެވެ. މި ބޯޓު ދަތުރު ކުރަމުން ދިޔައީ 130 މީހުންނާއި އެކުގައެވެ.

މިއަދު 2 ޖަހާކަށްހާއިރު ފޯކައިދޫން ފުރި މި ބޯޓު ފަރަށް ފެލިވަރު ފަރަށް އަރާފައި ވަނީ މިރޭ އިރާ ކޮޅު 8:30 ހާއިރު އެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ‏ފަރަށް އެރި، "ފުރާގު 2" ބޯޓް، "ލިލީ" އަދި "މިސްރާބު" ނަމަކަށް ކިޔާ ދެ ދޯނީގެ ކަފުޖަހައިގެން މިރޭ 01:16 ހާއިރު ފުންކޮށް މިހާރު ނައިފަރު ބަނދަރަށް ވައްދާފައިވާ ކަމަށެވެ.

"މި ބޯޓަށް ލިބިފައިވާ ގެއްލުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ޑައިވަރުން ދަނީ ބަލަމުން" އެމްއެންޑީއެފުން ވިދާޅުވިއެވެ.

ފޮޓޯ: އެމްއެންޑީއެފް

މި ބޯޓު ފަރަށް އެރުމުން ނައިފަރު ކައުންސިލުންނާއި، އެރަށުގެ މުއައްސަސާތަކުންނާއި ނައިފަރުގެ ރައްޔިތުންގެ ފަރާތުން ވަނީ އެ ބޯޓުން ދަތުރުކުރި ދަތުރުވެރިންނަށް ނަމޫނާ އެހީތެރިކަމެއް ފޯރުކޮށްދީފައެވެ. އެކަން ފާހަގަކުރައްވައި ށ. އަތޮޅު ކައުންސިލުން މިރޭ ވަނީ ނައިފަރު ކައުންސިލާއި، މުއައްސަސާތައް އަދި ރައްޔަތުންނަށް ޝުކުރު އަދާކޮށްފައެވެ. އަދި ސިފައިންނާއި، ފުލުހުންގެ އެހީތެރިކަން ވެސް އެކައުންސިލުން ފާހަގަ ކުރައްވައެވެ.

130 މީހުންނާއި އެކު ފޯކައިދޫއިން މާލެ ދަތުރުކުރި ބޯޓެއް ފެލިވަރު ފަރަށް އަރައިފި

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި ބޯޓު ފަރަށް އެރިކަމުގެ ރިޕޯޓު އެ އިދާރާއަށް ލިބިފައި ވަނީ މިރޭ 08:31 ހާއިރު ކަމަށެވެ. އަދި މި ބޯޓު ފަރަށް އެރިކަމުގެ މައުލޫމާތު ސިފައިންނަށް ލިބިފައި ވަނީ މިރޭ 08:30 ގައި ކަމަށް އެ އިދާރާއިން ވިދާޅުވެފައި ވެއެވެ. މި މައުލޫމާތު ލިބުނު ވަގުތުން ފެށިގެން އެ ދެ އިދާރާއިން ވެސް ވަނީ ބޯޓުން ދަތުރުކުރި މީހުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަސައްކަތް ފައްޓަވާފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *