އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވެސް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން އިންތިޚާބުގައި އެ މަޤާމަށް ވާދަކުރަށްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް (ފަޔާ) އަށް ތާއީދު ކުރައްވާކަން ހާމަކުރައްވައިފިއެވެ.
މިނިސްޓަރު އައިޝަތު ޢަލީ ވަނީ ފަޔާ އަށް ތާއީދު ކުރައްވާކަން ހާމަކުރަށްވައި، ފަޔާއާއި އެކު ނަގާ ފައި ފޮޓޯ އެއް މިއަދު ޓްވީޓާގައި އާންމު ކުރައްވާފައެވެ.
މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތުގެ ޝައުނާ ވެސް ވަނީ މިއަދު ފަޔާއަށް ތާއީދު ކުރައްވާކަން ހާމަކުރަށްވާފައެވެ. އަދި ކުރިން ހެލްތު މިނިސްޓަރު އަޙްމަދު ނަސީމް ވެސް އޭނާގެ ތާއީދު ފަޔާއަށް އޮތްކަން ހާމަކުރަށްވާފައެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިޚާބު އޮންނާނީ މި މަހުގެ 14 ވަނަ ދުވަހުއެވެ. މި އިންތިޚާބުގެ ކެމްޕެއިން ފޯރި ވަނީ ވަރަށް ގަދަވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!