މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯރކް އިން އިސްލާމްދީނަށް ފުރައްސާރަ ކޮށްފާވާތީ އެޢަމަލު ހިރިމަރަދޫ އަދި ނޭކުރެންދޫ ކައުންސިލުން ކުއްވެރިކޮށްފިއެވެ.
މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯރކް އިން “ ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް“ ގެ ނަމުގައި އާންމު ކުރި ރިޕޯޓާއި ގުޅޭގޮތުން އެކައުންސިލުތަކުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ރިޕޯޓުގައި ކީރިތި ގުރުއާނުގައި ބަޔާންވެގެންވާ ކަންކަމަށް ފާޅުގައި ދެކޮޅުހަދާ މާތް ނަބިއްޔާ މުޙައްމަދު ﷺ ގެ އަބުރުފުޅާއި ކަރާމާތައް އިހާނެތިކޮށްހިތާފައި ވަކަން ފަހަގަ ކުރެވިފައިވަތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށެވެ.
މީގެ އިތުރުން މިޢަމަލަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 27 ވަނަ މާއްދާ އާއި، ޤާނޫނު ނަންބަރ 1/2003 ޖަމްޢިއްޔާތަކާ ބެހޭ ޤާނޫނުގެ 19 އަދި 20 ވަނަ މާއްދާއާއި ޤާނޫނު ނަންބަރ 6/94 ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ޤާނޫނުގެ 4 ވަނަ މާއްދާ އަދި ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 617 ވަނަ މާއްދާ އާ ހިލާފު އަމަލަކަށްވީހިނދު މިކުށަށް މި މައްސަލާގައި ދައުވާ އުފުލަންޖެހޭފަރާތްތަކާމެދު ލަސްނުކޮށް ފިޔަވަޅުއެޅުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ގޮވާލާފައިވެއެވެ.
ހަމަ އެއާއެކު މުސްލިމުންގެ ގޮތުގައި ތިބެ އިސްލާމްދީނުގެ އެއްވެސްކަމަކަށް ފުރައްސާރަ ނުކުރުމަށާއި އެފަދަ ލިޔުންތައް ނުލިޔުމަށް އެ ކައުންސިލުން ނެރުނު ބަޔާނުގައި ވަނީ ގޮވާލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!