ނައިބު ރައީސް، ނަބީޙް އާއި ބައްދަލު ކުރައްވާ މަރުޚަބާ ދަންނަވައިފި

30BD2747-AA3A-4E7F-A482-B36AF00D8EC0

މިއަހަރުގެ ޔޫއޭއީގައި ކުރިއަށްދިޔަ ދުބާއީ އިންޓަރނޭޝަނަލް ޤުރުއާން މުބާރާތުގައި ބައިވެރިވެ، ރާއްޖެ ތަމްސީލުކުރި އަލްޙާފިޡް އަޙްމަދު ނަބީޙް ޢަބްދުލްޤާދިރާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބައްދަލުކުރައްވައި މަރުޚަބާ ދަންނަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި މިބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

އެގޮތުން މިބައްދަލުވުމުގައި ނައިބު ރައީސް ވަނީ ނަބީޙް އަކީ ނަމޫނާ ކުއްޖެއްކަން ފާހަގަ ކުރައްވާ ކީރިތި ޤުރުއާން ކިޔެވުމުގެ ރޮނގުން ކުރިއަށް ދިއުމަށް ހިތްވަރު ދެއްވާފައެވެ. އަދި އެފަދަ ފުރުސަތުތައް ފަހިކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކުދިންގެ ޅަފަތުގެ އުމުރުން ފެށިގެން ޤުރުއާނަށް ހިތުގައި ލޯބި ޖެއްސުމަކީ ކިހާ މުހިއްމު ކަމެއްކަން ފާހަގަ ކުރައްވާ ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

މީގެއިތުރުން މިބައްދަލުވުމުގެ ތެރެއިން ނަބީޙުގެ ބެލެނިވެރިން ވަނީ ދުބާއީ އިންޓަރނޭޝަނަލް ޤުރުއާން މުބާރާތުގައި ނަބީޙު ބައިވެރިވުމަށް ކުރި ދަތުރުގެ ތަޖުރިބާ އެމަނިކުފާނާއި ހިއްސާ ކުރައްވާފައެވެ.

މިބައްދަލުވުމުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރުވެސް ވަނީ ބައިވެރިވެލައްވާފައެވެ.

 

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *