އޮންލައިންކޮށް ޕޮލިސް ސެޓްފިކެޓަށް ނުވަތަ ޕޮލިސް ރިޕޯޓަށް އެދި ހުށައެޅޭނެ ގޮތް މޯލްޑިވްސް ޕޮލިސް ސާވިސް އިން ވަނީ ހަމަޖައްސާފައެވެ.

އޮންލައިން ކޮށް ޕޮލިސް ސެޓްފިކެޓަށް އެދި ލެއްވުމުން ފުލުހުންގެ އިދާރާއަށް އޮންލައިން އެޕްލިކޭޝަން ލިބުމުން އީމެއިލް މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަން ލިބުނު ކަމުގެ އީމެއިލް އެއް، ޕޮލިސް ސެޓްފިކެޓަށް އެދުނު ފަރާތަށް ލިބިލައްވާނެއެވެ.

Ad
rt

އެޕްލިކޭޝަން ފުރިހަމަ ނޫންނަމަ އީމެއިލްގެ ޒަރިއްޔާއިން ޓޯކަން ނަންބަރެއް ލިބިލައްވާނެއެވެ. މިޓޯކަން ނަންބަރަކީ އެޕްލިކޭޝަން ދެން ފުރިހަމަ ކުރުމަށް ބޭނުން ކުރަންޖެހީ ކޯޑެކެވެ. ނަމަވެސް މި ޓޯކަން ނަންބަރު ބޭނުން ކޮށްގެން އެޕްލިކޭޝަން އަލުން ރަނގަޅު ކުރެވީނީ ޓޯކަން ނަންބަރު ލިބޭތާ 72 ގަޑިއިރުގެ ތެރޭގައެވެ.

ޕޮލިސް ރިޕޯޓު ނިމުމުން، ދެއްވާފައިވާ ފޯނު ނަންބަރަށާއި އީމެއިލްއަށް މެސެޖެއް ލިބިލައްވާނެއެވެ. އޭރުން އެންމެ ކައިރީގައިވާ ފުލުހުންގެ އިދާރާއަކުން ނުވަތަ ފުލުހުންގެ މައި އިދާރާއިން ޕޮލިސް ރިޕޯޓު ނެގޭނެއެވެ.

މީގެކުރީގައި ޕޮލިސް ރިޕޯޓެއް ހައްދަން ބޭނުންނަމަ ދާންޖެހެނީ އެންމެ ކައިރީގައި ހުރި ޕޮލިސް ސްޓޭސަނަކަށެވެ. ޕޮލިސް ރިޕޯޓަކީ އާންމުކޮށް ވަޒީފާތަކަށް ކުރިމަތިލާއިރުވެސް ބޭނުންވާ އެއްޗެކެވެ. މިބަދަލާއިއެކު ޕޮލިސް ސެޓްފިކެޓް ހެއްދުމަށް ވަރަށް ބޮޑަށް ފަސޭހަވެގެން ދާނެއެވެ.

އޮންލައިންކޮށް ޕޮލިސް ރިޕޯޓަށް އެދިލެއްވުމަށް