ބަންގްލަދޭޝުން އިތުރު ލޯނެއް ނަގަން ލަންކާއިން ނިންމައިފި

EB6AE290-7E38-420D-A908-ACFB9774C5BD

ބަންގްލަދޭޝުން އިތުރު ލޯނެއް ނަގަން ސްރީ ލަންކާއިން ނިންމައިފިއެވެ.

މިފަހަރު އެގައުމުން ބަންގްލަދޭޝް އަތުން ނަގަން ނިންމީ ކަރަންސީ ސްވަޕްގެ ދަށުން 250 މިލިއަން ޑޮލަރުގެ ލޯނެކެވެ. އެކަން ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ޑރ. އޭކޭ އަބްދުލް މޯމެން ވެސް ވަނީ އިއުލާން ކޮށްފައެވެ.

ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު މިވަގުތު ހުންނެވީ ރަސްނީ ދަތުރުފުޅެއްގައި ލަންކާގައެވެ. ބެލެވޭ ގޮތުގައި ލޯނު އެއްބަސްވުމާ ގުޅޭ މަޝްވަރާތައް ކުރީ މި ދަތުރުފުޅުގައެވެ.

މިދިޔަ އަހަރުވެސް ކަރަންސީ ސްވަޕުގެ ދަށުން ބަންގްލަދޭޝުން ލަންކާއަށް ފައިސާ ދިނެވެ. އެފަހަރު ދިނީ 200 މިލިއަން ޑޮލަރެވެ.

ލަންކާގެ ދަރަނި ބޮޑުވެ މިއަހަރު ދައްކަން ޖެހޭ ލޯނުތަކުގެ އަދަދު އިތުރުވުމުން އެ ގައުމުގެ އިގްތިސާދު ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. އެގައުމުގެ ބަޖެޓުގައި ތެލާއި ގޭސް ފަދަ ތަކެތި ގަންނަ ލާރިވެސް ނެތެވެ.

އެ ގައުމުގައި މިހާރުވެސް ދުވާލުގެ އެކި ވަގުތުތަކުގައި ކަރަންޓު ކަނޑާލަން ޖެހެއެވެ. އެކަން ހައްލު ކުރުމަށް އެކި ގައުމުތަކުންވެސް އެހީވިއެވެ.

ލަންކާއިން ޗާއިނާއިން ނަގާފައިވާ ލޯނުތައް ދައްކަން އެ ގައުމުން ދެވަނަ ފަހަރަށް ލޯނެއް ނަގަން ވެސް ވަނީ ނިންމާފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *