ށ.ފީވަކު ފެނަކަ ބްރާންޗްގެ އައު އޮފީސް އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން އިޢުލާން ކޮސްފިއެވެ.

މިކަމާއި ގުޅިގެން 14 މާޗް 2022 ވީ ހޯމަ ދުވަހު އެ ކުންފުނިން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ އެ ކުންފުނިން ދޭ ކުރެހުމާއި ބީ.އޯ.ކިޔު އަދި މަޢުލޫމާތާއި އެއްގޮތަށް ފީވަކު އައު އޮފީސް އިމާރާތް ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.

Ad
rt

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބިޑުގައި ބައިވެރިވުމަށް ރަޖިސްޓަރީ ކުރެއްވުމަށް، އިޢުލާން ނަންބަރާއި ކުންފުނީގެ ނަމާއި ފޯނު ނަންބަރު ހިމަނައި 03 އޭޕްރިލް 2022 ވަނަ ދުވަހުގެ 15:00 ގެ ކުރިން tender@fenaka.mv އަށް މެއިލް ކުރެއްވުމަށް އެ ކުންފުނިން ވަނީ އެދިލައްވާފައެވެ. ބިޑުގައި ބައިވެރިވުމަށް އެދި ފޮނުވާ އީމެއިލް ތަކަށް "ރެޖިސްޓްރޭޝަން ކޮންފޮމޭޝަން" އެއްގެ ގޮތުގައި މެއިލް ކުރުމަސް ވެސް ވަނީ ހަމަޖެހިފައެވެ.

މި މަސައްކަތާއި ގުޅޭގޮތުންއިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 31 މާރިޗް 2022 ވަނަ ދުވަހުގެ 15:00 ގެ ކުރިން ބަޔާންކުރެވިފައިވާ އީމެއިލްއަށް މެއިލް ކުރެއްވުމަށް އެ ކުންފުނިން ވަނީ އެދިލައްވާފައެވެ.

މި މަސައްކަތަށް އެދި އަންދާސީ ހިސާބު ހުށަހެޅުމުގެ ގޮތުން ބާއްވާ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ 04 އޭޕްރިލް 2022 ވަނަ ދުވަހުގެ 09:30 ގައި އެ ކުންފުނީގެ ހެޑް އޮފީސް، ޕޯޓް ކޮމްޕްލެކްސް ބިލްޑިންގެ 07 ވަނަ ފަންގި ފިލާގައެވެ.

އެ ކުންފުނިން އިތުރަށް ވިދާޅުވެފައި ވަނީ ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބާއި، އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ކަމަށެވެ.