ށ. އަތޮޅުގެ ކޮންމެ ރަށަކުން ފުޓްބޯޅަ ކޯޗެއް ތަމްރީނުކުރަނީ

khabaru-1-1065x500

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭމް.އެމް) އާއި، ށ.އަތޮޅުކައުންސިލާ ގުޅިގެން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ އެފް.އޭ.އެމް “ސީ” ސެޓްފިކެޓް ކޯޗިންގ ކޯސް ރޭ ފެށިއްޖެއެވެ.

ށ.އަތޮޅުގައި ދިރިއުޅެމުންދާ 25 އަހަރާއި، 50 އަހަރާ ދެމެދުގެ ރައްޔިތުންނަށް އަމާޒުކޮށްގެން ކުރިޔަށްގެންދެވޭ މި ކޯހުގައި އަތޮޅުގެ ރަށްރަށުން 25 ފަރާތަކުން ބައިވެރިވެފައިވެއެވެ.

ށ.އަތޮޅުގެ މީހުން އުޅޭ ކޮންމެ ރަށެއްގައި އެފް.އޭ.އެމް “ސީ” ލައިސަންސް އޮތް  ކޯޗަކު ތަމްރީނުކުރުމާއި، ހުނަރުވެރި ކޯޗުންތަކެއް އުފެދި ފުޓްބޯޅައިގެ ދާއިރާއިން އަތޮޅަށް އިތުރު ކުރިއެރުންތަކާއި، ކާމިޔާބީ ލިއްބައިދިނުމުގެ މަޤްޞަދުގައި ހިންގޭ މިކޯސް މި މަހުގެ 12 އިން 22 އަށް ފުނަދޫގައި ކުރިއަށްދާގޮތަށް ހަމަޖެހިފައިވާއިރު ރޭގެ ރަސްމިއްޔާތުގައި ވަނީ ކޯހަށް ބޭނުންވާ ކިޓް ބައިވެރިންނާ ޙަވާލުކުރައްވާފައެވެ.

ށ.އަތޮޅު ކައުންސިލްގެ 2019 ވަނަ އަހަރުގެ ބަޖެޓުގައި ހިމެނިގެން ކުރިޔަށްގެންދެވޭ މި ކޯހުގައި ކިޔަވައިދެއްވާނީ އެފް. އޭ.އެމްގެ އިންސްޓްރަކްޓަރ އަޙްމަދު ޢަޒްމީ އާއި، މުޙައްމަދު އާދަމްއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި