ދިވެހި ކިޔަވައިދޭނެ މުދައްރިސަކު ނެތުމުން، ނޭކުރެންދޫ ސުކޫލު ބެލެނިވެރިން މުޒާހަރާކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޒިންމާ ތަކާއި މެދު ސުވާލު އުފައްދާ އެސުކޫލުގެ ގިނަ އަދަދެއްގެ އަންހެން ބެލެނިވެރިން މުޒާހަރާކޮށްފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގަ އެވެ.

Ad
rt

މިނޫހަށް މަޢުލޫމާތު ދެމުން އެ މުޒާހަރާގެ ބައިވެރިއަކު ބުނެފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 10 ވަނަ ދުވަހުން ފެށިގެން މިއަދާއި ހަމައަށްވެސް މުދައްރިސެއްގެ ފަޅުކަމާއި އެކު ދިވެހި ގަޑި ނަގައި ނުދެވި ސުކޫލު ހިންގަމުން އަންނަ ކަމަށެވެ.

މުދައްރިސެއް ނެތި ސުކޫލު ހިންގަމުން އަންނައިރު އިމްތިހާނު ފެށެން 80 ވަރަކަށް ދުވަސް ވެފައިވާކަމަށްބުނެ އެ ބެލެނިވެރިޔާ ކަންބޮޑުވުން ފާޅުކުރިއެވެ.

"ލޯބިވާ އެޑިއުކޭޝަން މިނިސްޓަރ އަށް، ވެދުން ސަލާމަށްފަހު ދަންނަވަމެވެ. އަޅުގަނޑުމެން ނޭކުރެންދޫ ސްކޫލުގެ ބެލެނިވެރިން އެދި އާދޭސް މިދަންނަވަނީ ނޭކުރެންދޫ ސްކޫލްގެ ދަރިވަރުންގެ ހައްޤުތައް ހޯދައިދެއްވުން. އިޙްތިރާމް ގަބޫލުކުރެއްވުން އެދެން، ނޭކުރެންދޫ ސްކޫލުގެ ބެލެނިވެރިން"

ބެލެނިވެރިއަކު ހިފަހައްޓައިގެން ހުރި ޕޯސްތަރެއްގައި ލިޔެފައި ވެއެވެ.

އެ ސުކޫލުގައި ދިވެހި މުދައްރިސެއް ނެތުމުން ދަރިވަރުންގެ މުސްތަގުބަލު ބަނަވަމުން އަންނަކަމަށާއި ސެކަންޑަރީ މުދައްރިސަކު ނޭކުރެންދޫ އަށް މުހިއްމުކަމަށާއި ސާނަވީ ތަޢުލީމް ހުރިހާ ދަރިވަރުންނަށް ބޭނުންވާ ކަމަށް އެއްވުމުގައި ބައިވެރިވި ބެލެނިވެރިން އަޑު އުފުލާފައިވެއެވެ.

މީގެ އިތުރުން ދިވެހި މާއްދާ އަކީ މަޖުބޫރު މާއްދާއަކަށް ނުވަނީތޯ ބެލެނިވެރިން ވަނީ ސުވާލުއުފައްދާފަ އެވެ.