އެމެރިކާގެ ޕެންޓަގަންގެ ސެކިއުރިޓީ އޭރިއާއަށް ޤަވައިދާއި ޚިލާފަށް ވަދެ އުޅުނު ހާލެއް ހައްޔަރުކޮށްފިއެވެ.
ޖަނަވާރުންނާއި ބެހޭ މަސައްކަތްތައް ކުރަމުން އަންނަ ޖަމިއްޔާއަކުން ހާމަކޮށްފައިވާ ގޮތުގައި އެ ހާ، ޕެންޓަގަންގެ ސެކިއުރިޓީގެ ބެލުމިގެ ދަށަށް ގެންގޮސްފައިވަނީ ޤަވައިދާއި ޚިލާފަށް ސެކިއުރިޓީ އޭރިއާއިން ފެނިފައިވާތީކަމަށެވެ. ނަމަވެސް އެއްވެސް ގެއްލުމެއް ނުދީ ހާ ސެކިއުރިޓީގެ ބެލުމުގެ ދަށުގައި ހުރިކަމަށް އެ ޖަމިއްޔާއިން ވަނީ ސޯޝަލް މީޑިއާގައި ހާމަކޮށްފައެވެ.
"ނަމަވެސް އަދި މިހާތަނަށް އެ ހާ އެ ސަރަޚައްދަށް ވަނީ ކިހިނެއްކަމެއް ނޭންގޭ" އެ ޖަމިއްޔާއިން ލިޔެފައިވާ ޕޯސްޓްގައި ބުނެފައިވެއެވެ.
އެ ޖަމިއްޔާއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި ހާ އެ ސަރަޚައްދަށް އައިސްފައިވަނީ ކިހިނެއްކަމެއް ނޭންގޭކަމަށް ބުނެފައިވެއެވެ.
މިހަބަރު އެމެރިކާގެ މީޑިއާގެ ސަމާލުކަމަށް އައުމާއި އެކު އެކި ފަރާތްތަކުން އަންނަނީ މިކަމަށް ޖޯކުވެސް ޖަހަމުންނެވެ. އަނެއްބަޔަކު ބުނަމުން އަންނަނީ މިއީ ސީރިއަސްކޮން ބަލަން ޖެހޭ ކަމެއްކަމަށެވެ.
އެހާލަކީ އަންޑަރކަވަރ ސްޕައިއެއްތޯ ޔަގީން ކުރަން ޖެހޭނެކަމަށް ބުނެ "ދަ ޓުނައިޓް ޝޯ" ގައި ޖިމީ ފެލޯންވެސް ވަނީ ލަވައެއް ކިޔާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!