ނ. ކެނދިކުޅުދޫގައި ސައިކަލަކުން ވެއްޓި އަންހެނަކު ނިޔާވެއްޖެ އެވެ.

މިއަދު އިރުއޮއްސި ހައެއް ޖަހާކަންހާއިރު ދުއްވާފައިދިޔަ ސައިކަލެއް ކަހާލައިގެން ވެއްޓި ނިޔާވެފައިވަނީ އެ ރަށު ސަމްސިއްޔާ ޔޫސުފް 40، އެވެ.

Ad
rt

އެވަގުތު ސައިކަލުގައި އިނީ ޝަމްސިއްޔާ އެކަނިކަމަށް މަޢުލޫމާތުލިބިފައިވެއެވެ.

ސަމްސިއްޔާ ނިޔާވެފައި ވަނީ ވެލިގަނޑުގައި ބޯ ޖެހި ލިބުނު ގެއްލުންތަކަށް އެރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދެނިކޮށް މިރޭ 7:55 ގައި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ސަމްސިއްޔާގެ ފިރިއަކާއި އުމުރުން ހަ އަހަރާއި 10 އަހަރުގެ ދެ ކުދިންތިބެއެވެ.