އޮމިކްރޯން ވޭރިއަންޓްގެ އާ ވާޝަން، ގައިން ގަޔަށް ފެތުރުމުގެ ޗާންސް ބޮޑުކަމަށާއި އޮމިކްރޯން ޖެހިފައިވާ މީހުންނަށްވެސް އާ ވާޝަން ޖެހިދާނެކަަމަށް ސައިންސްވެރިންނާއި ހަވާލާދީ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ ޑަބްލިޔު.އެޗް.އޯ އިން ހާމަކޮށްފިއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި އޮމިކްރޯން ވޭރިއަންޓްގެ އަލަށް ފެނިފައިވާ ވާޝަން ހަލުވިކަމާއި އެކު މުޅި ދުނިޔެއަށް ފެތުރެން ފަށާފައިވާކަމަށާއި މި ވާޝަން ގައިންގަޔަށް އަރާ މިންވަރު ހަލުވިކަންވެސް ވަނީ ފާހަގަކޮށްފައެވެ.

Ad
rt

އެ ޖަމިއްޔާއިން ނެރެފައިވާ ބަޔާނުގައި ބުނާ ގޮތުންނަަމަ، އޮމިކްރޯން ވޭރިއަންޓް ޖެހިފައިވާ މީހުންނަށްވެސް މި ވާޝަން ޖެހުމުގެ ޗާންސް އެބަ އޮތްކަަމަށްވެސް ބުނެފައިވެއެވެ.

ޑަބްލިޔު.އެޗް.އޯގެ ކޮވިޑް 19 ޓެކްނިކަލް ޓްކެނިކަލް ލީޑްގައި ހިމެނިވަޑައިގަންނަވާ މާރިޔާ ވޭން ކާކޯވް ވިދާޅުވެފައިވާ ގޮތުގައި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން މިހާރު ހަދަމުންދާ ސާވޭތަކުގެ އަލީގައި އޮމިކްރީން ވޭރިއަންޓްގެ 4 ވާޝަންއެއް ޓްރެކް ކުރެވިފައިވާކަމަށް ވިދާޅުވިއެވެ. އަދި އޮމިކްރޯން ވޭރިއަންޓްގެ އަލަށް ދިރާސާކުރެވިފައިވާ ވާޝަންގެ ގައިން ގަޔަށް އަރާ މިންވަރު އިތުރުވަމުން އަންނަކަމަށާއި މި ވާޝަންއަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު ނިސްބަތުން ގިނަ ވަމުން އަންނަކަން ވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

"އޮމިކްރޯން ބީ.އޭ.1 އަށް ވުރެ އޮމިކްރޯންގެ އާ ވާޝަން ބީ.އޭ.2 ފެތުރޭ މިންވަރު ހަލުވި"

މާރިޔާ ވޭން ކާކޯވް ވިދާޅުވިއެވެ.

އޮމިކްރޯން ވޭރިއަންޓް ހަލުވިމަމާއި އެކެ ފެތުރު ނަމަވެސް ކޮވިޑް 19 ގެ ވޭރިއަންޓްތައްކަމަށްވާ އަލްފާ އަދި ޑެލްޓާ ވޭރިއަންޓް ޖެހިފައިވާ މީހުންނަށް ވުރެ އޮމިކްރޯން ވޭރިއަންޓް ޖެހޭ މީހުންގެ ހާލު ސީރިއަށް ނޫންކަން ޑަބްލިޔު.އެޗް.އޯއިން ފާހަގަކޮށްފައިވެއެވެ.

ސައިންސްވެރިންނާއި ހަވާލާދީ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި ވެކްސިން ފުރިހަމަކޮށްފައިވާ މީހުންގެ މެދުގައި އޮމިކްރޯން ވޭރިއަންޓްޖެހޭ މީހުންގެ ނިސްބަތް މަދުކަން ވަނީ ފާހަގަކޮށްފައެވެ.