އެމްޑީއެން ވަގުތީގޮތުން ސަސްޕެންޑް ކޮށްފިއެވެ.

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓުގައި އިސްލާމްދީނުގެ ގަދަރާއި އިއްޒަތް ގެއްލޭގޮތަށް ވާހަކަތަކެއް ލިޔެފައިވާތީ އެ ޖަމިއްޔާ ސަސްޕެންޑް ކުރަން ޔޫތު މިނިސްޓްރީން މިއަދު ނިންމައިފި އެވެ.

Ad
rt

ޔޫތް މިނިސްޓްރީން ވަނީ އެ ޖަމިއްޔާ ސަސްޕެންޑު ކުރީ 'ޕަލިމަނަރީ އެސެސްމަންޓް އޮފް ރެޑިކަލަޒޭޝަން އިން ދަ މޯލްޑިވްސް' ނަމުގަ ޝާއިއުކޮށްފައިވާ ރިޕޯޓުގަ އިސްލާމް ދީނާ ހިލާފް ވާހަކަތަކެއް ހުރި ކަމަށާ، އިސްލާމް ދީނާއި ކީރިތި ރަސޫލާ (ސއވ) ފުރައްސާރަކޮށްފައިވާކަމަށް ތުހުމަތުކޮށް ފުލުހުން މައްސަލަސައެއް ބަލަމުން އަންނާތީކަމަށެވެ.

ޤާނޫނު ނަމްބަރ 2003 /1 ގެ ޖަމިއްޔާތަކާއި ބެހޭ ޤާނޫނުގެ ދަށުން ދިވެހިރާއްޖެގައި ރަޖިސްޓްރީކޮށް ހިންގަމުންދާ ޖަމިއްޔާއެއްކަމަށް ވާ މޯލްޑިވްސް ޑިމޮކުރަސީ ނެޓްވޯރކް އިން ''ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް“ ގެ ނަމުގައި އާންމު ކުރި ރިޕޯޓުގައި އިސްލާމްދީނަށް ފުށުއަރާ ކަންކަން ހުރުމުން އެ ޖަމިއްޔާ ގެ ހަރަކާތްތަށް ހުއްޓާލުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯރޓް އެންޑް ކޮމިއުނިޓީ އެމްޕަރމަންޓުން ގޮވާލައިފިއެވެ.

އެ ފަރާތުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެ ރިޕޯޓްގައި ދީނާއި ހިލާފް ވާހަކަތަކެއް ހުރިކަމަށާއި އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފައިވަކަމަށް ތުހުމަތުކޮށް ޕޮލިހަށް ހުށަހެޅި އެމައްސަލަ ތަހުގީގު ކުރެވެމުން ދާތީ ޖަމިއްޔާތަކުގެ ގަވާއިދުގެ 39 ވަނަ މައްދާއިން ޖަމިއްޔާތަކާއި ބެހޭ ރަޖިސްޓްރީއަށް ލިބިދީފައިވާ އިހުތިޔަރުގެ ދަށުން އެމްޑީއެންގެ ހަރަކާތްތައް ހުއްޓާލުމަށް އަންގާކަމަށެވެ.