އިރާނުގައި ކޯވިޑް-19ގެ އޮމިކްރޯން ވޭރިއަންޓް ހަލުވިކަމާއި އެކު ފެތުރި އެ ގައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ 50 މެންބަރަކު އެ ވޭރިއަންޓަށް ޕޮޒިޓިވްވެ، މަޖިލިސް ބަންދުކޮށްފިއެވެ.
އީރާނުގައި ހަލުވިކަމާއި އެކު ކޯވިޑް ފެތުރި އޮމިކްރޯން ވޭރިއަންޓްއަށް ޕޮޒިޓިވްވާ މީހުންގެ ނިސްބަތް އިތުރުވެ ޤާނޫނު ހަދާ މަޖިލީހުގެ 290 މެންބަރުންގެ ތެރެއިން 50 މެންބަރަކު ވަނީ އޮމިކްރޯންއަށް ޕޮޒިޓިވްވެފައެވެ.
ޤާނޫނު ހަދާ މަޖިލީހުން އީރާނުގެ ރަސްމީ ނޫސް އިދާރާއަށް މަޢުލޫމާތުދީފައިވާ ގޮތުގައި ގިނަ މެންބަރުންތަކެއް ޕޮޒިޓިވް ވުމާއި އެކު، އެމަޖިލީހުގެ މަސައްކަތްތައް މަޑުޖައްސާލާފައިވާކަމަށާއި، މަޖިލީހުގެ ބައްދަލުވުންތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ޞިއްޙީ އިދާރާއިން އަންގާ ޤަވައިދުތަކުގެ ދަށުންކަމަށެވެ.
ފާއިތުވި 2021 ވަނަ އަހަރުގެ އޭޕްރިލް މަހު ކޯވިޑް 19 ހަލުވިކަމާއި އެކު ފެތުރި އެ ގައުމުގެ ޤާނޫން ހަދާ މަޖިލީހުގައި ހިމެނޭ ބައެއް މެންބަރުންތަކެއް ވަނީ މިދުނިޔެ ވެސް ދޫކޮށްފައެވެ.
އިރާނުގެ ޞިއްޙީ އިދާރާތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު ދުވާލެއްގެ މައްޗަށް އެގައުމުގައި ޕޮޒިޓިވް ވާ މީހުންގެ އަދަދުވަނީ 30،000 އަށް އަރާފައެވެ.
85 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އީރާނުގައި 6.5 މިލިއަން މީހުންނަށް ކޮރޯނާ ވައިރަސް ޖެހިގެން ރެކޯޑު ކުރެވިފައިވާއިރު، އެގައުމުގައި ވައިރަސް ޖެހިގެން 132،000 މީހުން ވަނީ މަރުވެގެންގޮސްފައެވެ.
އީރާނުގައި ވެކްސިންގެ 2 ޑޯޒް 50 މިލިއަން މީހުން ފުރިހަމަކޮށްފައިވާއިރު، 19 މިލިއަން މީހުން ވަނީ 3 ޑޯޒްވެސް ފުރިހަމަކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!