މާލެ ވޯޓާރ އެންޑް ސެވަރެޖް ކޮމްޕެނީ ( އެމް.ޑަބްލިޔު.އެސް.ސީ ) ގެ ނަމުގައި ފޭކް ޓްވިޓަރ އެކައުންޓެއް ހަދައިގެން މުއާމަލާތް ކުރަމުން ދާތީ އެކަމަށް ސަމާލުކަން ދިނުމަށް އެމް.ޑަބްލިޔު.އެސް.ސީ އިން އެދިއްޖެއެވެ.

އެފަރާތުގެ ރަސްމީ ޓްވިޓާރ ހެންޑްލް އާ އެއްގޮތް ފޭކު އައި.ޑީ އެއް ހަދައިގެން ޓްވިޓާރ ބެނުން ކުރާ ފަރާތްތަކަށް ޖަވާބު ދެނީ އެފަރާތުގެ އަބުރަށް ހުތުރުވާ ގޮތަށްކަމަށާއި އެފަރާތުގެ ރަސްމީ އެކައުންޓުން ބޭއަދަބީކޮށް އެއްވެސް ފަރާތަކާއި މުއާމަލާތް ނުކުރާނެކަމަށް އެފަރާތުން މައުލޫމާތުދެއެވެ.

އެހެން ކަމުން ޓްވިޓަރ ބޭނުންކުރާ ހުރިހާ ކަސްޓަމްރުންވެސް މި ފޭކު އައި.ޑީ އަށް ސަމާލުވުމަށް އެފަރާތުން އިލްތިމާސް ކުރެއެވެ.