ޑިންގީއެއްގެ ބުރަފަތީގައި ޖެހި ފައި ބުރިވި ޒުވާނާ އެމްއެންޑީއެފްގެ އެހީތެރިކަމާއިއެކު މާލެ ގެނެސްފިއެވެ.
ފައިބުރިވެފައިވަނީ، ރ. އތޮޅު އިނގުރައިދޫ ޒުވާނެއް ކަމަށް މައުލޫމާތުލިބެއެވެ.
މިހާދިސާއާއި ގުޅިގެން ފުލުހުން ރޭ ބުނެފައިވަނީ ރ. ނެލުކިޔާ ފަޅުރަށެއްގެއިރުމަތީ ފަރާތު އުރަފަށްކައިރީ ސްނޯކްލިންގއަށް ގޮސް އުޅުނު މީހެއްގެ ގައިގާ ދުއްވާފައި ދިޔަ ޑިންގީއަކުންޖެހި ޒަޚަމްވެފައިވާ ކަމުގެ ރިޕޯރޓް ފުލުހުންނަށް އިއްޔެ ހަވީރު ހަތަރެއްޖަހާކަށް ހާއިރު ލިބިފައިވާ ކަމަށާއި، މިހާދިސާގައި އަނިޔާވީ ހަތާވީސް އަހަރުގެ ދިވެހިފިރިހެނެއް ކަމަށެވެ.
މިހާދިސާގައި އޭނާގެ އެއްފައި ބުރިވެފައިވާކަމަށް ފުލުހުންވެސް ޔަޤީން ކޮށްދެއްވައެވެ. އަދި މިމައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާކަމަށް ފުލުހުން ހާމަ ކުރައްވައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއެކްސިޑެންޓް ގައި ބުރަފަތިންޖެހި ބުރިވެފައިވަނީ އެޒުވާނާގެ ވާތުފައެވެ. ވާތުފައިގެ ކުޑަހުޅުކައިރިން ބުރިވެފައިވާއިރު ވާތު ފައިގެ އެކި ހިސާބުވަނީ ބުރަފަތިން ޖެހި ޒަހަމްވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!