މެލޭޝިޔާގައި އިސްލާމްދީނަށް ފުރައްސާރަކުރި މީހަކު 10 އަހަރާއި 10 މަހަށް ޖަލަށް

އިންސްޕެކްޓަރ ޖެނެރަލް ހާރޫންގެ ބަޔާން ދެއްވަނީ
އިންސްޕެކްޓަރ ޖެނެރަލް ހާރޫންގެ ބަޔާން ދެއްވަނީ

ސޯސިއަލް މީޑިޔާ ގައި އިސްލާމްދީނަށާއި ކީރިތި ރަސޫލާ މުޙައްމަދު صلى الله عليه وسلم އަށް ފުރައްސާރަކުރި މެލޭޝިޔާ މީހަކު 10 އަހަރާއި 10 މަހަށް ޖަލަށްލުމަށް އެގައުމުގެ ކޯޓަކުން މިއަދު ހުކުމް ކޮށްފިއެވެ.

މީނާގެ އިތުރުން އިތުރު ތިން މީހުންގެ މައްޗަށް ދައުވާއުފުލާފައިވާ ކަމުގައި އެގަމުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ. މިއަދު އިންސްޕެކްޓަރ ޖެނެރަލް އޮފް ޕޮލިސް މުޙައްމަދު ފައުޒީ ހާރޫން ނެރުއްވި ބަޔާނެއްގައި އޭނާ ވިދާޅުވިގޮތުގައި މެލޭޝިޔާގެ ގާނޫނުލް އުގޫބާތުގެ 298 ވަނަ މާއްދާގެ (ހ) އާއި، 505 ވަނަ މައްދާގެ (ނ) އާއި، މުވާސަލާތާއި މަލްޓިމީޑިޔާއާ ބެހޭ ޤާނޫނުގެ 233 ވަނަ މާއްދާގެ ދަށުން އެ ހަތަރު މީހުން މައްޗަށް ދައުވާ އުފުލުނީ އިއްޔެއެވެ.

 

އެހެން  ކޯޓެއްގައި ދައުވާ އުފުލި 3 ތިން މީހުންގެ ތެރެއިން އެކަކު ވަނީ ކުށަށް އިއުތިރާފުވެފައެވެ. މި އަދަބަކީ މިފަދަ މައްސަލައެއްގައި މެލޭޝިޔާގައި މިހާތަނަށް ދިން އެންމެ ބޮޑު އަދަބެވެ. ކޯގިއާގެ މައްޗަށް ސާބިތުވި ކޮންމެ ކުށެއްގެ އަދަބަކީ 10 އަހަރާއި އެއް މަހަށް ޖަލަށްލުން، ނުވަތަ 50 ހާސް ރިންގިޓް (17380 އެމެރިކާ ޑޮލަރު) އިން ޖުރުމާނާ ކުރުން، ނުވަތަ ޖަލަށްލުމާއެކު ޖުރުމާނާކުރުމެވެ.

"ދީނީ ނުވަތަ ނަސްލީ ގޮތުން ހައްސާސް ކަންކަމާ ގުޅޭ ތަކެތި އަޕްލޯޑް ކޮށްގެން ނުވަތަ ޝެއާކޮށްގެން މީސް މީޑިޔާއާއި، މުވާސަލާތީ ނެޓްވާކްތަކުގެ ބޭނުން ނަހަމަގޮތުގައި ނުހިފުމަށް ފުލުހުންގެ ފަރާތުން އާއްމުނަށް އިލްތިމާސްކުރަން. އެކަންވާނީ މިގައުމުގެ ތަފާތު މުޖްތަމައުތަކުގެ މެދުގައި ނުތަނަވަސްކަން އިތުރުވާނެ ކަމަކަށެވެ."

އިންސްޕެކްޓަރ ޖެނެރަލް ހާރޫންގެ ބަޔާނުގައި ވެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *