•  
  •  
  •  
  •  
  •  
  •  

މިނިސްޓްރީ އޮފް ޔޫތް، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އާއި ފުޓްބޯލް އެސޯސިއޭސަން އޮފް މޯލްޑިވްސްއާއި ގުޅިގެންބާއްވާ ޖަޒީރާ ފުޓްބޯޅަ ޗެމްޕިއަންޝިޕް 2020 ގައި ބައިވެރިވާން ހުޅުވާލައިފިއެވެ.

މިއަދު އެފްއޭއެމްއިން ކުރި ޢިއުލާނެއްގައިވަނީ ޔޫތު މިނިސްޓްރީއާއި، އެފްއޭއެމް އާއި ދެމެދު ކުރެވުނު މަޝްވަރާއަށް ފަހު “ ޖަޒީރާ ފުޓްބޯޅަ ޗެމްޕިއަންޝިޕް “ ކުޅޭ ފޯމެޓަށް ބޮޑެތި ބަދަލުތަކެއް ގެނެވި ޖަޒީރާ ފުޓްބޯޅަ ޗެމްޕިއަންޝިޕް 2020 އަށް ކޮލިފައިވުމަށް ކުޅެވޭ މުބާރާތް މިއަހަރު ބޭއްވުމަށް ހަމަޖެހިފާވާކަމަށެވެ.

މިމުބާރާތުގެ މައިގަޑު މަޤުސަދަކީ ރަށު ފެންވަރުގައި ގިނަ ކުޅުންތެރިންތަކަކަށް ކުޅުމުގެ ފުރުސަތު ހުޅުވާލުމާއި ރަށުގައި ހަރާކާތްތެރިވަމުންދާ ކްލަބް ޖަމްޢިއްޔާ ޖަމާއަތްތަކަށް ފުރުސަތު ހޯދައިދީ، އެކްލަބް ޖަމްޢިއްޔާ ޖަމާއަތްތަށް އިތުރަށް ހަރުދަނާ ކުރުމުގެ މަޤްސަދުގަކަމަށެވެ.

މިމުބާރާތުގެ ފޯމެޓަށް ގެނެވުނު ބަދަލްތަކުގެ ތެރޭގައި “ ޖަޒީރާ ފުޓްބޯޅަ ޗެމްޕިއަންޝިޕް 2020 ”އަށް ކޮލިފައިވުމަށް ކުޅެވޭ ރަށު މުބާރާތް ކުޅެވޭނީ އެރަށެއްގެ ކްލަބް ، ޖަމްއިއްޔާ ، ޖަމާޢަތް ތަކަށެވެ. މި މުބާރާތް ރާވާ ހިންގާނީ އެ ރަށެއްގެ ރަށު ކައުންސިލުންނެވެ.

ޖަޒީރާ ފުޓްބޯޅަ ޗެމްޕިއަންޝިޕް 2020 އަށް ކޮލިފައިވުމަށް ކުޅެވޭ ރަށު މުބާރާތަށްފަހު، ކޮންމެ ރަށެއްގެ ޗެމްޕިއަން ޓީމް ކޮލިފައިވާނީ ޖަޒީރާ ފުޓްބޯޅަ ޗެމްޕިއަން ޝިޕް 2020 ގެ ފުރަތަމަ ބުރަށެވެ. ފުރަތަމަ ބުރު ކުޅެވޭނީ ހޯމް އެންޑް އަވޭ އުސޫލުންނެވެ. މިމުބާރާތް ރާވާ ހިންގާނީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިންނެވެ. މި މުބާރާތް ކުޅެވޭނީ ސްޕޯރޓްސް ކޮމިޝަންގައި ރަޖިސްޓްރީ ވެފައިވާ ކުލަބް، ޖަމްއިއްޔާ، ޖަމާއަތަކަށެވެ. އަދި އެރަށަކުން ޗެމްޕިއަންގެ ގޮތުގައި އަންނަ ޓީމުގައި ރަށުގެ ނަން އިންނަންވާނެއެވެ.

މިގެނެވުނު ބަދަލްތަކާއިއެކު ”ޖަޒީރާ ފުޓްބޯޅަ ޗެމްޕިއަންޝިޕް 2020“ ގެ ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ރަށު ކައުންސިލްތަކުން ބައިވެރިވުމަށް އެދި 20 އޮކްޓޯބަރ 2019 ވާ އާދިއްތަ ދުވަހުގެ 15:00 އަށް ސިޓީއަކުން އެފްއޭއެމް އަށް ހުށަހަޅަން ޖެހެއެވެ.

ޚިޔާލު

Your email address will not be published.