ލޯންޗު އެކްސިޑެންޓެއްގައި ބުރަފަތިންޖެހި ޒުވާނެއްގެ ފައި ބުރިވެއްޖެއެވެ. ފައިބުރިވެފައިވަނީ، ރ. އތޮޅު އިނގުރައިދޫ ޒުވާނެއް ކަމަށް މައުލޫމާތުލިބެއެވެ.
މިކަމާއި ގުޅިގެން ފުލުހުން ދެންމެ ބުނީ، ރ. ނެލުކިޔާ ފަޅުރަށެއްގެއިރުމަތީ ފަރާތު އުރަފަށްކައިރީ ސްނޯކްލިންގއަށް ގޮސްއުޅުނު މީހެއްގެ ގައިގާ ދުއްވާފައި ދިޔަ ޑިންގީއަކުންޖެހި ޒަޚަމްވެފައިވާ ކަމުގެ ރިޕޯރޓް ފުލުހުންނަށް މިއަދު ހަވީރު ހަތަރެއްޖަހާކަށް ހާއިރު ލިބިފައިވާ ކަމަށާއި ،މިހާދިސާގައި އަނިޔާވީ ހަތާވީސް އަހަރުގެ ދިވެހިފިރިހެނެއް ކަމަށެވެ.
އިތުރަށް ފުލުހުންބުނީ، ޒަޚަމްވިމީހާއަށް ދަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެވެމުންކަމަށާއި، އިތުރު ފަރުވާއަށް މާލެ ގެންދިއުމަށް މަސައްކަތް ކުރަމުންދާކަމަށް ޢާއިލާއިން ބުނާކަމަށެވެ.
މިހާދިސާގައި އޭނާގެ އެއްފައި ބުރިވެފައިވާކަމަށް ފުލުހުންވެސް ޔަޤީން ކޮށްދެއްވައެވެ. އަދި މިމައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާކަމަށް ފުލުހުން ހާމަ ކުރައްވައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއެކްސިޑެންޓް ގައި ބުރަފަތިންޖެހި ބުރިވެފައިވަނީ އެޒުވާނާގެ ވާތުފައެވެ. ވާތުފައިގެ ކުޑަހުޅުކައިރިން ބުރިވެފައިވާއިރު ވާތު ފައިގެ އެކި ހިސާބުވަނީ ބުރަފަތިން ޖެހި ޒަހަމްވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!