ހއ. ތުރާކުނު ސްކޫލްގެ ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީއިން އިއުލާން ކޮށްފިއެވެ.
އެމިނިސްޓްރީއިން އިއްޔެ ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެދިލެއްވުމުގެ މަތިން އެސްކޫލްގެ 2 ކްލާސްރޫމާއި ފާހާނާ، ލައިބްރަރީ އަދި އޮފީސް އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މީގެ ކުރިންވެސް ވަނީ އިއުލާން ކޮށްފައެވެ. ނަމަވެސް އެއިއުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާ ކަމަށް އެމިނިސްޓްރީއިން ވަނީ ބުނެފައެވެ.
މިފަހަރުގެ ބީލަމަށް ހުށައަޅެމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.
ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 25 ވާ އަންގާރަ ދުވަހުގެ މެންދުރު 11:00 ގައި އެމިނިސްޓްރީގެ ނޭޝަނަލް ޓެންޑަރ ގެ ޖަލްސާ ކުރާ މާލަމުގައެވެ.
މިބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ. މީގެ އިތުރުން މިޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ މިމަހުގެ 18 ވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން (hawwa.nazla@finance.gov.mv) މިއެޑްރަހަށް އީމެއިލް ކުރުމަށް އެމިނިސްޓްރީއިން ވަނީ އެދިލައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!