މިހާރު ގެންގުޅޭ ގޭސް ފުޅިތައް މޯލްޑިވް ގޭސްގެ ލުއި ފުޅިތަކަށް ބަދަލު ކުރުމުގެ ފުރުސަތު ދިނުމަށް އެ ކުންފުނިން ހުޅުވާލި ފުރުސަތުގެ މުއްދަތު އިތުރު ކޮށްފިއެވެ.
މި މުއްދަތު އިތުރު ކުރީ އަންނަ މަހުގެ 28 ވަނަ ދުވަހާ ހަމައަަށެވެ.
މި ޕްރޮމޯޝަމުގެ ދަށުން އަގުހެޔޮކޮށް ގޭސްފުޅި ލުއި ފުޅިއަކަށް ބަދަލު ކުރެވޭނެއެވެ. އެގޮތުން އެންމެ ބޮޑު ފުޅިތައް 1000ރ. އަށް ބަދަލު ކުރެވޭއިރު އާއްމުކޮށް ބޭނުން ކުރާ ސައިޒުގެ ފުޅި 500ރ. އަށް އަދި އެންމެ ކުޑަ ފުޅި 350އަށް ބަދަލު ކުރެވޭނެއެވެ.
މޯލްޑިވް ގޭސްގެ ލުއި ފުޅިއަކީ ގެންގުޅެން ފަސޭހަވެފައި ރައްކާތެރި ފުޅިއެކެވެ. އަލިފާނުގެ ހާދިސާއެއް ހިނގި ނަމަވެސް މި ފުޅިތައް ނުގޮވާނެއެވެ.
Visit us at Maldives Gas Male’ unit park! #MaldivesGas pic.twitter.com/7u8D6TCtin
— Maldive Gas Pvt Ltd (@maldivegas) January 21, 2022
ލުއި ފުޅިއަކީ ގިނަ ބަޔަކު މިހާރު ބޭނުން ކުރާ ފުޅިތަކެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!