އަންނަ ފެބުރުވަރީ މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީއިން ވާދަކުރާ މުޙައްމަދު ރާޝިދުގެ ކެމްޕެއިންގައި ބައިވެރިވެލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ށ. ފޯކައިދޫއަށް ވަޑައިގެންފިއެވެ.

އެމަނިކުފާނުގެ އިތުރުން މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި ސަރުކާރުގެ އިސްބޭފުޅުން ވަނީ ބައިވެރިވެލައްވާފައެވެ.

Ad
rt

އެގޮތުން މި ކެމްޕެއިނުގެ ދަށުން މިއަދު ށ. ފޯކައިދޫގެ ރައްޔިތުންނާއި ބައްދަލު ކުރައްވާފައިވާއިރު އެދާއިރާގެ ށ. މަރޮއްޓަށްވެސް މި ދަތުރުފުޅުގައި އެމަނިކުފާނު ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ ރަށަށް ވަޑައިގެން އެރަށުގެ ބަނދަރު ހެދުމުގެ މަސައްކަތް ރަސްމީކޮށް އެމަނިކުފާނު ފައްޓަވާދެއްވާނެއެވެ.

މީގެ އިތުރުން ރާޝިދުގެ ކެމްޕޭނު ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް މިދިޔަ ބުދަ ދުވަހު ވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ފޮރިން މިނިސްޓަރު އަދި އދ. އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވެސް އެ ރަށަށް ވަޑައިގެންފައެވެ.