ނޭކުރެންދޫގައި އިލެކްޓްރީޝަން ކޯހެއް ފަށަނީ

50B6FF59-2D8E-4AFD-ABC5-4E917E483B8F

ނޭކުރެންދޫގައި ބާއްވާ އިލެލްޓްރީޝަން ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ނޭކުރެންދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ މި ކޯހުގައި ބައިވެރުވުމުގެ ފުރުސަތު ހުޅުވާލާ މިހާރު ވަނީ އެ ކައުންސިލް ގެ ރަސްމީ ފޭސްބުކް ޕޭޖުގައި އެކަން އިއުލާނު ކޮށްފައެވެ. ނޭކުރެންދޫ ކައުންސިލުން އެރަށުގައި ބޭއްވުމަށް ހަމަޖެހިފައިވަނީ އިލެލްޓްރީޝަން ގެ ލެވެލް3 ގެ ކޯހެކެވެ.

ނޭކުރެންދޫ ކައުންސިލްގެ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މި ކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މި ހިނގާ އޮކްޓޫބަރ މަހުގެ 13 ވަނަ ދުވަހުގެ 13:00 ގެ ކުރިން އެ ކައުންސިލް ގައި ނަން ނޯޓު ކުރުމަށެވެ. އަދި ކޯހުގެ ފީއާއި މުއްދަތު، ކޯހުގައި ބައިވެރިވާ މީހުންގެ ނިސްބަތަށް ނަލާފައި، ފަހުން އެންގޭނޭ ކަމަށްވެސް މި އިއުލާނުގައި ބުނެފައި ވެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *