މަރޮށި ފުޓްސަލްދަނޑު ރަސްމީކޮށް ހުޅުވުމުގެ ގޮތުން ވަންޑޭ ކަޕެއް، ބައިވެރިވާ ކޮންމެ ޓީމަކަށް ޖާޒީ ބައެއް

Maroshi futsal ground

ށ. މަރޮށީ ފުޓްސަލްދަނޑު ރަސްމީކޮށް ހުޅުވުމުގެ ގޮތުން ވަންޑޭ ކަޕެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

މަރޮށީ ކައުންސިލުން ބުނެފައިވާ ގޮތުގައި މި ކަޕަކީ އެރަށު ކައުންސިލާއި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް ކޮމިއުނިޓީ އެމްޕަވަރމަންޓާއި ގުޅިގެން ބޭއްވޭ ކަޕެކެވެ.

އެގޮތުން މި ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ކަޕުގައި ބައިވެރިިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

އެ ކައުންސިލުން ވަނީ މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން މި މަހުގެ 10 ވަނަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން އެ އިދާރާއަށް ޓީމްލިސްޓް ހުށައެޅުމަށް އެދިލައްވާފައެވެ.

މީގެ އިތުރުން މި މުބާރާތުގައި އެއްވަނަ އަށް ދާ ޓީމަކަށް 10،000.00ރ (ދިހަހާސް ރުފިޔާ) އަދި ދެވަނަ ޓީމަށް 5،000.00ރ (ފަސްހާސް ރުފިޔާ) ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގައި ބައިވާން އެދޭ ޓީމުތަކުންކުރެ މުބާރާތުގައި ބައިވެރިވާ ފުތުޞަޠު ދެވޭ ހުރިހާ ޓީމަކަށް، ކޮންމެ ޓީމަކަށް ޖާޒީބައެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް މަރޮށި ކައުންސިލުން ވަނީ ބުނެފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި