ހއ. ބާރަށުގައި ކުނިމެނޭޖުކުރާ މަރުކަޒު ޤާއިމު ކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ.
އެކައުންސިލުން އިއްޔެ ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އެރަށުގެ ކުނިމެނޭޖުކުރާ މަރުކަޒު ޤާއިމު ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށާއި އެކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ބީލަމަށް ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެގޮތުން މި ބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެކައުންސިލް އިދާރާގެ އީމެއިލް info@baarah.gov.mv އަށް މައުލޫމާތު ފޮނުއްވައިގެން ރަޖިސްޓަރ ކުރެއްވުމަށް ވަނީ އެދިފައެވެ. ބީލަން ހުށައެޅުމާއި ރަޖިސްޓްރީ ވުމަށް ފުރުސަތު ހުޅުވާލާފައިވަނީ މިފެށޭ ޖެނުއަރީ މަހުގެ 9 ވަނަ ދުވަހު 11:00 އާ ހަމައަށެވެ.
ޕްރި-ބިޑް ބައްދަލުވުން ޖެނުއަރީ 2022 ވަނަ ދުވަހުގެ 11.00 ގައި ހއ. ބާރަށު ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލްގައި ބޭއްވުމަށް ހަމަޖެހިފައި ވާއިރު ބީލަން ބަލައިގަތުން ކުރިއަށް ދާނީ 24 ޖެނުއަރީ 2022 ދުވަހުގެ 11.00 އެވެ. އަދި ބީލަންތައް ހުޅުވަން ހަމަޖެހިފައިވަނީ 24 ޖެނުއަރީ 2022 ވަނަ ދުވަހުގެ 11.00 ގައި ހއ. ބާރަށު ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލްގައެވެ.
މީގެ އިތުރުން ޕްރީ- ބިޑް ބައްދަލްވުމުގައި ބައިވެރިވުމަށާއި، ބީލަން ހުށަހެޅުއްވުމަށް އަދި ބީލަން ހުޅުވާ ގަޑިއަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ގެނައުމަށް އެކައުންސިލުން ވަނީ ހަނދުމަ ކޮށްދީފައެވެ.
މިމަސައްކަތަށް ބީލަން ހުށަހެޅޭނީ ވިޔަފާރިކުރުމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން އެއިދާރާގެ ނަމްބަރު 6500016، 6500173 އާއި ގުޅައި މަޢުލޫމާތު ސާފުކުރުމަށް އެކައުންސިލުން ވަނީ އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!