"ނުރަސްމީ ތަޢުލީމުގެ މަހާސިންތާ" ފަށައިފިއެވެ.
މި މަހާސިންތާ ފަށާފައިވަނީ މިއަދު ހެނދުނުއެވެ. ނުރަސްމީ ތަޢުލީމުގެ މަހާސިންތާ އަކީ ކައުންސިލްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މަހާސިންތާއެކެވެ. މި މަހާސިންތާ ފެށުމަށް މިއަދު ހެނދުނު ވަނީ ރައްމިއްޔާތެއް ބާއްވާފައެވެ.
މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ތަޢުލީމީ ދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތެއް ކަމުގައިވާ މުހައްމަދު މުސްތަފާ ހުސެއިން އެވެ. މި ރަސްމިއްޔާތުގައި އެޑިޔުކޭޝަން މިނިސްޓަރ، އަލްފާޟިލާ އައިޝަތު އަލީ ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
" ނުރަސްމީ ތަޢުލީމުގެ މަހާސިންތާ " ފެށުމުގެ ރަސްމިއްޔާތު. މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ތަޢުލީމީ ދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތެއް ކަމުގައިވާ މުހައްމަދު މުސްތަފާ ހުސެއިން. މިއީ ކައުންސިލްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މަހާސިންތާއެއް. pic.twitter.com/A9cb0IU8Ml
— Ministry of Education (@MoEdumv) October 7, 2019
ނުރަސްމީ ތަޢުލީމުގެ މަހާސިންތާގައި ރާއްޖޭގެ ހުރިހާ ކައުންސިލަކުން، ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!