ދިރާގުގެ މެއިންޓަރނެންސް 5 ރެއަށް ކުރިއަށް ގެންދިއުމަށް އެކުންފުނިން ނިންމައިފި އެވެ.
އެކުންފުނިން މިރޭ ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ ސިސްޓަމް އަޕްގްރޭޑް މަސައްކަތެއް ކުރުމަށް ހަމަޖެހިފައިވަނީ ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ނެޓްވޯކްގެ ކަމަށެވެ.
މިމަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19,17,15,13 އަދި 21 ވަނަ ދުވަހުގެ 00:00 އިން 02:00 އަށް ކަމަށެވެ.
"މި ގަޑިތަކުގެ ތެރޭގައި ބައެއް ކަސްޓަމަރުންގެ ޚިދުމަތް 5 މިނެޓުގެ ވަގުތުކޮޅަކަށް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް"
އެކުންފުނިން ބުނެފައިވެއެވެ.
ކަސްޓަމަރުންނަށް މިމަސައްކަތް ކުރާ ވަގުތު ކުރިމަތިވެދާނެ ދަތިތަކަށް ނިހާޔަތަށް މަޢާފަށް އެދޭކަމަށް އެކުންފުނިން ބުނެފައިވެއެވެ.
މިފަހުން ދިވެހިންގެ ބޭންކް ބިއެމްއެލްއިން ވެސް ވަނީ މެއިންޓަރނެންސް މަސައްކަތެއް ކޮށްފަ އެވެ. އެއިގެ ފަހުން ދޭތެރެ ދޭތެރެއިން ޚިދުމަތްތަކަށް ބުރޫ އަރާ ރައްޔިތުންނަށް ވަނީ އެކި އުނދަގޫތަކާއި ކުރިމަތި ވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!