ބޮޑު ވަޒީރުކަމަށް އިންތިހާބުކުރިތާ އެއްދުވަސް ނުވަނީސް، ބަޖެޓު ބަހުސް ހޫނުވެ އިސްތިޢުފާ ދެއްވައިފި

1000x-1

ސްވިންޑަންގައި ފުރަތަމަ ފަހަރަށް އަންހެން ބޮޑުވަޒީރުކަމަށް އިންތިޚާބު ކުރެވުން މެގްޑަލޭނާ އެންޑާސަން، އިންތިޚާބު ވިތާ 8 ގަޑި އިރުގެ ތެރޭގައި އިސްތިޢުފާ ދެއްވައިފި އެވެ.

އުމުރުން 54 އަހަރުގެ އެންޑާސަން އަކީ ސްވިޑަންގެ ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ ލީޑަރެއެވެ. އޭނާ އިސްތިޢުފާ ދެއްވާފައިވަނީ، އޭނާގެ ޕާޓީއާއި އެކު ކޯލިޝަންހަދާފައިވާ ޕާޓީތަކުން ކޯލިޝަން ރޫޅާލުމާއި ގުޅިގެންނެވެ. ސޯޝަލް ޑިމޮކްރެޓިކް ޕާޓީއާއި އެކު ކޯލޮޝަން ހަދާފައިވަނީ ސެންޓްރިސްޓް ގްރީން ޕާޓީ އަދި ލެފްޓް ޕާޓީ އާއި އެކުގައެވެ.

ކޯލިޝަން ޕާޓީތަކުން ކޯލިޝަނުން ވަކިވެފައިވަނީ 2022 ވަނަ އަހަރަށް ހުށަހެޅި ބަޖެޓް އާއި ގުޅިގެން ހިތްހަމަ ނުޖެހިގެންކަމަށް ބައިނައްލަޤްވާމީ ޚަބަރުތަކުގައި ވަނީ ހާމަކޮށްފައެވެ.

އެންޑާސަން ބޮޑުވަޒީރުކަމަށް ހޮވިފައިވަނީ ސްވިޑަންގެ މަޖިލީހުގައި ނެގުނު ވޯޓުން 349 މެންބަރުންގެ ތެރެއިން 117 މެންބަރުންގެ ވޯޓު އޭނާއަށް ލިބިގެންނެވެ. އޭނާ އާއި ދެކޮޅަށް 174 މެންބަރުން ވޯޓު ދީފައިވާއިރު 57 މެންބަރަކު ވޯޓު ލާފައެއް ނުވެއެވެ.

ސްވިޑިން ޕާލިމެންޓްގެ ވޯޓީންގް ސިސްޓަމް ބުނާ ގޮތުން ނަމަ 175 މެންބަރަކު ބޮޑު ވަޒީރުކަމަށް ހުށަހަޅާ ފަރާތް ހޮވުމަށް ނުފެންނަކަމަށް ވޯޓުލައިފި ނަމަ އެމީހަކު ނުހޮވެއެވެ. އެންޑާސަން އިންތިހާބުވީ ކުޑަކުޑަ ފަރަގަކުންނެވެ.

ލެފްޓް ޕާޓީގެ ތާއިދު ހޯދުމަށް އެންޑާސަން ވައުވެފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު ކަމަކީ ޕެންސަން ފައިސާ އިތުރު ކުރުމަށް ބަޖެޓަށް ހުށަހެޅުމެވެ. މިކަމާއި ގުޅިގެން ގްރީން ޕާޓީއިން އެންޑާސަންއާއި މެދު ހިތްހަމަ ނުޖެހުނީއެވެ. އެންޑާސަން މަޖިލީހަށް ހުށަހަޅާފައިވާ އައު އަހަރުގެ ބަޖެޓް ފާސްކޮށްފައިވަނީ 154 މެންބަރުންގެ ތެރެއިން 153 މެންބަރުންގެ ތާއިދު ލިބިގެންނެވެ.

ގްރީން ޕާޓީއިން ބަޖެޓުގައި ހިމެނުމަށް ފޮނުވާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ ޓެކްސްގެ އަގު ދަށްކުރުމާއި، ޕޮލިހުންގެ މުސާރަ ބޮޑު ކުރުމާއި، ޖުޑީޝަރީއަށް ކުރަމުންދާ ޚަރަދުތައް ކުޑަކުރުމަށެވެ.

އިސްތިޢުފާ ދިނުމަށްފަހު އެންޑާސަން ފޭސްބުކް މެދުވެރިކޮށް އެކަން ހާމަކޮށް ބުނެފައިވަނީ އޭނާ ބޭނުންވަނީ ކޯލިޝަން އަކާއި ނުލައި އަލުން މެންބަރުންގެ ތާއީދު ލިބިގެން ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި ބޮޑު ވަޒީރުގެ ގޮތުގައި އައްޔަންވުމަށްކަމަށެވެ.

އެންޑާސަންގެ ސަރުކާރުން އައު އަހަރަށް ހުށަހަޅާފައިވަނީ 74 ބިލިއަން ސްވިޑިޝް ކުރޯނާގެ ބަޖެޓެކެވެ.

މާދަމާ އަނެއްކާވެސް ސްވިޑަންގެ ބޮޑު ވަޒީރަކު އައްޔަން ކުރުމަށް ވޯޓުލުމަށް ވަނީ ހަމަޖެހިފައެވެ. އަދި މަޖިލީހުން އަންގާފައިވާ ގޮތުގައި އެންޑާސަންގެ ނަންވެސް ވަނީ ވޯޓަށް ހުށަހަޅާފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. އަޅެ މިސޮރުމެން ނޫސް ލިޔާ އިރު ހަމަހޭގަބަ ތިބެނީ
    8.15 މިލިޔަން އެމެރިކާ ޑޮލަރު އެއީ ދިވެހި ރުފިޔާއިން ބަލަންޏާ 126 މ ދިވެހި ރުފިޔާ

    36 ބިލިޔަން ދިވެހި ރުފިޔާ އަކީ 2.3 ބިލިޔަން ޑޮލަރު
    އެހެންވީމަ ދިވެހި ރާއްޖޭގެ ބަޖެޓެއް ވުރެ އެތައް ތަނެއް ސުވިޑަންގެ ބަޖެޓު ކުޑަތާ
    ސުވިޑަންގެ ޕޮޕިއުލޭސަންގަ އެބަތިބި 10 މިލިއަްން މީހުން އެހެންވީމަ މީހަކަށް ޑޮލަރެއްވެސް ނުޖެހޭތާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *