އިންޑިއާ ފުރަބަންދުގައި އޮތްއިރު، ކޮންމެ 12 މިނެޓަކުން ކުޑަކުއްޖަކަށް ޖިންސީ އަނިޔާ ލިބިގެން ރިޕޯޓްކުރި

child-sex-abuse-in-India

ކޮވިޑް 19ގެ ހާލަތުގައިވެސް އިންޑީއާގައި ކުޑަކުދިންނަށް ޖިންސީ އަނިޔާ ލިބުނު މިންވަރު ވަނީ އިތުރުވެފައިކަމަށް އެގައުމުގެ ނޭޝަނަލް ކްރައިމް ރެކޯޑްސް ބިއުރޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ނޭޝަނަލް ކްރައިމް ރެކޯޑްސް ބިއުރޯގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2020 ވަނަ އަހަރު ނިމުނު އިރު، ކުޑަކުދިންނަށް ލިބިފައިވާ ޖިންސީ ގޯނާތަކުގެ މައްސަލަތަކުގެ އަދަދު 43،000 މައްސަލަ އެ ބިއުރޯއަށް ލިބިފައިވާކަމަށް ހާމަކޮށްފައިވެއެވެ. މިއިން ކޮންމެ މައްސަލައެއްގެ ރިޕޯޓްކުރުމުގައި ހޭދަވެފައިވަނީ މައްސަލައަކަށް 12 މިނިޓްގެ ފަރަގުންކަމަށާއި ޖިންސީ ގޯނާތަކުގެ މައްސަލަތަކުގެ އަދަދު 43،000 އަށްވުރެ ގިނަ ވާނެކަމަށާއި މިއީ އެ ބިއުރޯއަށް ރިޕޯޓްކޮށްފައިވާ މައްސަލަތަކުގެ އަދަދުކަމަށްވެސް އެ ބިއުރޯއިން ހާމަކޮށްފައިވެއެވެ.

ކުޑަކުދިންނާއި ގުޅުން ހުރި މައްސަލަތަކަކީ ވަރަށް ނާޒުކު މައްސަލަތައްކަމުން މިކަމާއި ބެހޭ މާ ބޮޑު ތަފްސީލްތަކެއް މީޑިއާތަކަށް ހާމައެއް ނުކުރެ އެވެ.

ކުޑަކުދިންނަށް ގިނައިން ޖިންސީ ގޯނާތައް ކުރިމަތިވެފައިވަނީ އިންޓަނެޓްގެ ޒަރިއްޔާއިންކަން، އިންޑިއާގެ ޕޮލިހުންނާއި ކަމާއި ބެހޭ ދާއިރާތަކުގެ އެކްޓިވިސްޓުން ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން ފާއިތުވި 2020 ވަނަ އަހަރު ކޮވިޑް 19 ހަލުވިކަމާއި އެކު ފެތުރި މުޅި ގައުމު ލޮކްޑައުންވި ދަނޑިވަޅުގައި އިންޓަނެޓް ޗައިލްޑް އެނިއުސްގެ ކޭސަސްތައް އެންމެ ގިނަކަމަށް ރެކޯޑުކުރެވިފައިވަނީ އިންޑިއާގެ ދެކުނުގައި އޮންނަ ކެރެލާ ސްޓޭޓްގައި ކަމަށް ކްރައިމް ބިއުރޯއިން ވަނީ ހާމަކޮށްފައެވެ. އެ ސްޓޭޓްގައި ކޮވިޑް 19 ގެ ކުރިއާ ކޮވިޑް 19ގެ ފަހުން ރިޕޯޓް ކުރެވުނު މައްސަލަތަކުގެ އަދަދު ވަނީ 200 އާއި 300 އާއި ދެމެދުގެ މިންވަރަކަށް އިތުރުވެފައިކަމަށްވެސް އިންޑިއާގެ ސައިބާ ސެކިއުރިޓީ އިންފްރާސްޓާރަކްޗާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މީގެ ތެރޭގައި ކުޑަކުދިންގެ ބަރަހަނާ ފޮޓޯއާއި ވީޑިއޯތައް ގަނެ ވިއްކާ މީހުންގެ މައްސަލަތައްވެސް ހިމެނެއެވެ. ކުޑަކުދިންގެ ބަރަހަނާ ފޮޓޯ އަދި ވީޑިއޯގެ ވިޔަފާރި ކުރާކަމަށް އެ ބިއުރޯގެ ރެކޯޑުތަކުން ދައްކާ ގޮތުގައި މި ވިޔަފާރީގައި 90 އިންސައްތަ ފިރިހެނުން ހިމެނޭއިރު 1 އިންސައްތަ އަންހެނުންވެސް ހިމެނޭކަމަށް ހާމަކޮށްފައިވެއެވެ.

ޗައިލްޑް ސެކްޝުއަލް އެބިއުސް މެޓިރިއަލް (ސީ.އެސް.އޭ.އެމް) ގެ ވިޔަފާރި އިންޑިއާގެ 100 ސިޓީއެއްގައި ކުރާކަމަށް ރިޕޯޓްކުރެވިފައިވާއިރު، އެންމެ ގިނައިން ސީ.އެސް.އޭ.އެމްގެ ރިޕޯޓްތައް ލިބިފައިވަނީ ވެރިކަން ކުރާ ދިއްލީ އާއި މުމްބާއީގައި ކަމަށް ނޭޝަނަލް ކްރައިމް ރެކޯޑްސް ބިއުރޯގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މިއީ 2019ގެ ޑިސެމްބަރު މަހާއި 2020 ވަނަ އަހަރުގެ ޖޫން މަހާއި ހަމައަށް އެ ބިއުރޯއިން ބަލާފައިވާ މައްސަލަތަކުގެ ތަފާސްހިސާބެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ހިޔާލު ދެއްވާ!

Your email address will not be published.