ހއ. ދިއްދޫ އަމިއްލަ ޖަމްޢިއްޔާ އެއް ކަމަށްވާ "ދިއްދޫ އެކުވެރިކަމުގެ ޗޭނު" ޖަމްއިއްޔާއިން އިސްނަގައިގެން ކޮންމެ އަހަރަކު ކުރިއަށް ގެންދާ ޤުރުއާން މުބާރަތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

ޗޭނު ޖަމްޢިއްޔާއިން މައުލޫމާތު ދީފައިވާ ގޮތުގައި އެ ޖަމްޢިއްޔާގެ 09 ވަނަ ޤުރުއާން މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަންނަ ޑިސެމްބަރ މަހުގެ 16 ވަނަ ދުވަހުން 18 ވަނަ ދުވަހުގެ ނިޔަލަށެވެ.

Ad
rt

އެޖަމްޢިއްޔާގެ ޤުރުއާން ކްލާހުގެ ދަރިވަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި ނޮވެމްބަރ މަހުގެ 22 ވާ ހޯމަ ދުވަހުން ފެށިގެން އަންނަ ޑިސެމްބަރ މަހުގެ 05 ވަނަ ދުވަހުގެ 14:00 އާ ހަމައަށެވެ. އެގޮތުން ބައިވެރިވާން ބޭނުންވާ ދަރިވަރުން ގޫގަލް ފޯމް ފުރުއްވުމަށްފަހު ހުށައެޅުމަށް އެ ޖަމްޢިއްޔާއިން ވަނީ އެދިވަޑައިގެންފައެވެ.

އެގޮތުން ނާސަރީއިން ފެށިގެން ގްރޭޑް 10 އަކާއި ހަމައަށް ކޮންމެ ގްރޭޑް އަކުން ބަލައިގެން އަދި ނުބަލާއި ކިޔުމަަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން 18 އަހަރުން މަތީގެ ބޭފުޅުންވެސް 2 ގޮތްޕަށް ކިޔެވުމަށް ފުރުސަތު ވަނީ ހުޅުވާލާފައި ކަމަށް އެ ޖަމްއިއްޔާއިން ވަނީ ފާހަގަ ކުރައްވާފައެވެ.

ކޮންމެ ގްރޭޑް އަކަށް ކިޔެވުމަށް ވަކި މުގައްރަރެއް ކަނޑައަޅާފައި ވާއިރު ވަނަ ހޮވާނީ ކޮންމެ ކޮންމެ ގްރޭޑްއަކުން 2 ގޮފި ވަކިން 1 ވަނަ 2 ވަނަ އަދި 3 ވަނައެވެ. މީގެ އިތުރުން މުޅި މުބާރާތުން ނުބަލާ އަދި ބަލައިގެން ވަކިން އަދި 2 ގޮފި އެކީ 1 ވަނަ 2 ވަނަ އަދި 3 ވަަނަ ހޮވުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ދަރިވަރުންނަށް މާކްސް ދިނުމުގައި ބަލާނެ މިންގަނޑުތަކާއި މާކްސް ދެވޭނެ ބައިތައްވެސް ވަނީ އިޢުލާންކޮށްފަ އެވެ.

މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު މަގްސަދަކީ ދަރިވަރުންގެ ހިތްތަކުގެ ކީރިތި ޤުރުއާން ކިޔެވުމަށް ލޯބި ޖައްސާ ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވުމާއި ޤުރުއާން ތަޖްވީދަށް އަދި ހިތުދަސް ކުރުމަށް ދަރިވަރުންނަށް ހިތްވަރު ދިނުމުގެ އިތުރުން ޤުރުއާން ކިޔެވުމަށް ދިވެހިންގެ މެދުގައި އޮންނަ ވާދަވެރިކަން އިތުރުކޮށް ކީރިތި ޤުރުއާން ރައްކާތެރި ކުރުންކަމަށް ވަނީ ހާމަކުރެއެވެ.