އެމްޑީއެންގެ ލާދީނީ ރިޕޯޓާއި ގުޅޭ ކުއްލި މައްސަލައެއް މަޖިލީހަށް ހުށައަޅަން ނޮޅިވަރަން ދާއިރާގެ އިއްޒަތްތެރި މެމްބަރު މުހައްމަދު ނަޝީދު ނިންމަވައިފިއެވެ.

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްްސާރަކޮށް ނެރުނު ރިޕޯޓާއި ގުޅިގެން ކުއްލި މައްސަލައެއް މަޖްލިސްއަށް ހުށަހަޅުއްވަން ނިންމަވާފައިވާކަމަށް މޮސްޓާވަނީ ތިލަދުންއަށް ކަށަވަރުކޮށްދީފައެވެ.

Ad
d

މޮސްޓާ ވިދާޅުވީ މަޖްލިސް ހުޅުވޭތަނުން އެމައްސަލަ މަޖްލިސްއަށް ވެއްދުމުގެ ތައްޔާރީތައް ވަމުންދާކަމަށާއި މިއީ ކަންބޮޑުވާ ސީރިޔަސް ކަމެއްކަމަށް މޮސްޓާ ވިދާޅުވިއެވެ.

މި ލާދީނީ ރިޕޯޓާއި ގުޅިގެން ދީނީ އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ އިތުރުން ގިނަ އަދަދެއްގެ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. މީގެ ތެރޭގައި އެމްޑީޕީގެ ބައެއް މަޖްލިސް މެމްބަރުންނާއި އެ ޕާޓީގެ ބައެއް ސަޕޯޓަރުން ހިމެނެއެވެ.

މިމައްސަލައާއި ގުޅިގެން ނޮޅިވަރަމް ދާއިރާ ތަމުސީލުކުރައްވާ ރައްޔިތުންގެ މަޖިލިސް މެންބަރު މުޙައްމަދު ނަޝީދުވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާ، މިމައްސަލަ ކުއްވެރި ކުރައްވައި ޓުވީޓު ކުރައްވާފައެވެ.

މަޖިލީހުގައި ތިއްބެވި އެއްވެސް ޕާޓީއެއްގެ މެންބަރަކު އެފަދަ މައްސަލައެއް ހުށަހަޅުއްވާނެ ކަމުގެ އެއްވެސް އިޝާރާތެއް މިހާތަނަށް ކުރައްވާފައެއް ނުވެއެވެ.

ދީނަށް ފުރައްސާރަކޮށް އެމްޑީއެން އިން ރިޕޯޓް ނެރުމުން އެމައްސަލަ ބަލަން އިސްލާމިކް މިނިސްޓްރީން ފުލުސް އޮފީހުގައި ވަނީ އެދިފައެވެ. އަދި އެ ރިޕޯޓް ނެރުނު ފަރާތްތަށް ހައްޔަރު ކުރުމަށް ވެސް ބައެއް އިލްމުވެރިން ދަނީ ގޮވާލަމުންނެވެ. އޭގެ ތެރޭގައި އިސްލާމީ މަރުކަޒުގެ އިމާމް ވެސް ހިމެނިވަޑައިގަންނަވައެވެ.

ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަންކުރުމާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހަށް މޮސްޓާވަނީ ކުއްލި މައްސަލަ މަޖިލީހަށް މިދިޔަމަހު ހުށައަޅުއްވާފައެވެ.

Ad
df

މޮސްޓާއަކީ ތިދަލުންމަތިން ހޮވިފައިވާ އެމްޑީޕީ ނޫން ހަމައެކަނި މެންބަރެވެ.