"ދިއްދޫ ރައީސް ހޭންޑް ބޯލް މުބާރާތު"ގެ ޗެމްޕިއަންކަން މިޑްލް ސްޕޯޓްސް ކްލަބަށް

ފޮޓޯ: މިޑްލް ސްޕޯޓްސް ކްލަބް

ހއ. ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ އެރަށު ކަނބަލުންނަށް ބޭއްވި، ހޭންޑް ބޯލް މުބާރާތުގެ ޗެމްޕިއަންކަން މިޑްލް ސްޕޯޓްސް ކްލަބް ހޯދައިފިއެވެ.

"ދިއްދޫ ރައީސް ހޭންޑް ބޯލް މުބާރާތް 2021"ގެ ނަމުގައި އަންހެނުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދިޔަ މިމުބާރާތުގައި 6 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެއީ 3 އޮފީހަކުން ބައިވެރިވި 3 ޓީމަކާއި،، 3 ކްލަބް،ޖަމިއްޔާއިން ބައިވެރިވި 3 ޓީމެކެވެ.

އެ ޓީމްތަކަކީ ޖެންޑާ މިނިސްޓްރީގެ ހއ. އަމާންވެށީގެ ޓީމަކާއި، ދިއްދޫ ކައުންސިލްގެ ޓީމާއި، ދިއްދޫ ޕޮލިސް ޓީމާއި، ހީވެސް ނުވޭ، މިޑްލް ސްޕޯޓްސް ކްލަބް އަދި ނާޑް ސްޕޯޓްސް އެވެ.

މިމަހުގެ 5 ވަނަ ދުވަހު ފެށުނު މި މުބާރާތުގެ ފައިނަލް މެޗް ކުޅެވުނީ ރޭގައެވެ. މި މެޗްގައި ބައްދަލުކުރީ ދިއްދޫގެ ދެ ކްލަބް ކަމަށް މިޑްލް ސްޕޯޓްސް ކްލަބާއި، "ހީވެސްނުވޭ" އެވެ.

ފޮޓޯ: މިޑްލް ސްޕޯޓްސް ކްލަބް

ރޭ ކުޅުވުނު ފައިނަލް މެޗްގައި 24 ލަނޑު 12 ލަނޑުން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މިޑްލް ސްޕޯޓްސް ކްލަބެވެ. މި މިބާރާތުގެ ފެއާޕްލޭ ޓީމަކީ ދިއްދޫ ޕޮލިސް ޓީމެވެ.

މުބާރާތުގެ އެންމެމޮޅު 7 ކުޅުންތެރިން

  • ރާމިޒާ އަބުދުﷲ، ޖާޒީ ނަމްބަރު 15، ހީވެސްބުވޭ
  • އާމިނަތު ޝަމްރާ، ޖާޒީ ނަމްބަރު 6، ހީވެސްބުވޭ
  • އާއިޝަތު އިބާދާ، ޖާޒީ ނަމްބަރު 6، މިޑްލް ސްޕޯޓްސް ކްލަބް
  • އާމިނަތު ފަޒްނާ، ޖާޒީ ނަމްބަރު 7، މިޑްލް ސްޕޯޓްސް ކްލަބް
  • އަތުފާ ޢަބުދުސައީދު، ޖާޒީ ނަމްބަރު 4، މިޑްލް ސްޕޯޓްސް ކްލަބް
  • ޒުހުރާ މޫސާ، ޖާޒީ ނަމްބަރު 10، ޓީމް ކައުންސިލް
  • އާމިނަތު ސައުދާ، ޖާޒީ ނަމްބަރު 7، ޕޮލިސް ޓީމް
ފޮޓޯ: މިޑްލް ސްޕޯޓްސް ކްލަބް

މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާ، ރަނާރަޕް ޓީމަަށް 2،000 ރުފިޔާ އަދި ފެއާ ޕްލޭ ޓީމަކަށް 1،000 ރުފިޔާ ދީފަވެއެވެ.

މި މުބާރާތަކީ ދިއްދޫގެ އަންހެންވެރިން ބާރުވެރިކުރުމާއި މި ކުޅިވަރަށް އޮންނަ ޝައުގުވެރިކަން އަންހެން ކަންބަލުންގެ މެދުގައި އިތުރުކޮށް ރަނގަޅު ކުޅުންތެރިން އުފެއްދުމަށް ބޭއްވޭ ހޭންޑް ބޯލް މުބާރާތެއްކަމަށް ދިއްދޫ ކައުންސިލްގެ ރައީސް ވަނީ މައުލޫމާތު ދެއްވާފައެވެ.

މި މުބާރާތުގެ ހުރިހާ ހަރަދެއް ކުރަށްވާފައި ވަނީ ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު އެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި