މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#އަބުދުﷲ ރަޝީދު(ދިއްދޫ ރައީސް)

12 Stories filed
ޢަބުދުﷲ ރަޝީދު އަމިއްލަގޮތުން އިންތިޚާބުގައި ވާދަކުރަށްވަފާނެކަމުގެ އަޑުތަކެއް
Thiladhunmathi News

ޢަބުދުﷲ ރަޝީދު އަމިއްލަގޮތުން އިންތިޚާބުގައި ވާދަކުރަށްވަފާނެކަމުގެ އަޑުތަކެއް

ހއ. ދިއްދޫ ކައުންސިލްގެ މިހާރުގެ ރައީސް އަބުދުﷲ ރަޝީދު ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރަށްވަފާނެކަމުގެ އަޑުތައް ފެތުރެމުން އެބަދެއެވެ. އަބުދުﷲ ރަޝީދު، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރަށްވަފާނެކަމުގެ އަޑުތައް ފެތުރެމުން އެކަން ސާފުކޮށްލަން ‘’ތިލަދުން’’ އިން ސުވާލުކުރުމުން އެއީ ތެދެއްކަމެއް ނުވަތަ ދޮގެއްކަމަކަށް ވެސް ވިދާޅެއްނުވެއެވެ. ’’ތިކަމާ ނިންމާގޮތެއް ވަރަށް އަވަހަށް ޢިއުލާން ކޮށްލާނަން’’ ޢަބުދުﷲ ރަޝީދު ވިދާޅުވެފަވެއެވެ...

ދިއްދޫ ރައީސް ކަޕް 2 ވަނަ ހޭންޑް ބޯޅަ މުބާރާތް ފަށައިގެން ކުރިއަށް
Thiladhunmathi News

ދިއްދޫ ރައީސް ކަޕް 2 ވަނަ ހޭންޑް ބޯޅަ މުބާރާތް ފަށައިގެން ކުރިއަށް

ހއ. ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ އެރަށު ކަނބަލުންނަށް ބާއްވާ ހޭންޑް ބޯޅަ މުބާރާތުގެ 2 ވަނަ މުބާރާތް ފަށައިގެން ކުރިއަަށް އެބަ ދެއެވެ. “ދިއްދޫ ރައީސް ކަޕް ހޭންޑް ބޯލް މުބާރާތް 2022″ގެ ނަމުގައި އަންހެނުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ މި ބުރާތް މިދިޔަ ބުދަ ދުވަހުގެ ރޭ ފަށާފައިވާއިރު، މިމުބާރާތުގައި 5 ޓީމަކުން ވަނީ ބައިވެރިވެފައެވެ. މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާ، ރަނަރަޕް ޓީމަަށް 2،000 ރުފިޔާ އަދި […]

ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ބަނޑުން ވިހޭ ''ނަހަލާލު އެއްޗެއް'': ދިއްދޫ ރައީސް
Thiladhunmathi News

ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ބަނޑުން ވިހޭ ''ނަހަލާލު އެއްޗެއް'': ދިއްދޫ ރައީސް

ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ބަނޑުން ވިހޭ ”ނަހަލާލު އެއްޗެއް” ކަމަށް ދިއްދޫ ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު ވިދާޅު ވެއްޖެއެވެ. ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމީން އަބުދުލްޤައްޔޫމް މިހާރު ބޮޑު ތިލަދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ވަނީ ހއ. ދިއްދޫ އަށް ވަޑައިގެންފަ އެވެ. މި ދަތުރުފުޅުގެ ތެރެއިން މިރޭ ވަނީ ދިއްދޫ ގައި ޖަލްސާއެއް ބާއްވާފަ އެވެ. ”ދިއްދޫ ވެސް ޕީޕީއެމް” ނަމުގައި ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަ […]

އަޅުގަނޑާ އަޅައިގަނެގެން ނެއްޓެން ނޭނގިގެން އުޅުމަށްވުރެ ރައްޔިތުންނަށް ފައިދާހުރި ކަންކަން ކުރުން ބުއްދިވެރި: ދިއްދޫ ރައީސް
Thiladhunmathi News

އަޅުގަނޑާ އަޅައިގަނެގެން ނެއްޓެން ނޭނގިގެން އުޅުމަށްވުރެ ރައްޔިތުންނަށް ފައިދާހުރި ކަންކަން ކުރުން ބުއްދިވެރި: ދިއްދޫ ރައީސް

އޭނާ އާއި އަޅައިގަނެގެން ނެއްޓެން ނޭނގިގެން އުޅުމަށްވުރެ ރައްޔިތުންނަށް ފައިދާހުރި ކަންކަން ކުރުން ބުއްދިވެރިކަމަށް  ދިއްދޫ ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު ވިދާޅުވެއްޖެއެވެ. ދިއްދޫ ކައުންސިލް ރައީސް ޢަބުދުﷲ ރަޝީދުގެ ރަސްމީ ފޭސްބުކް ޕޭޖްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިއްދޫ ކައުންސިލްގެ ނިންމުންތަކުގައި ދިއްދޫ ކައުންސިލްގެ ރައީސް އަށް ވޯޓުގަ ބައިވެރި ނުވެވޭ ގޮތަށް މީގެކުރިންވެސް ފާސްކުރި ކަމަށެވެ. އެ ޕޯސްޓްގައި ރަޝީދު ވަނީ ލިޔުމެއްގެ ފޮޓޯ ވެސް ހިމަނުއްވާފައެވެ. އަދި އެއީ ދިއްދޫ ކަ...

ސަރުކާރަށް މަރުހަބާ ކިޔުމުގެ ހިތްވަރު އެބަހުރި: ދިއްދޫ ރައީސް
Thiladhunmathi News

ސަރުކާރަށް މަރުހަބާ ކިޔުމުގެ ހިތްވަރު އެބަހުރި: ދިއްދޫ ރައީސް

މި ސަރުކާރަށް 3 އަހަރު ފުރިގެން މަރުހަބާ ކިޔުމުގެ ހިތްވަރު އޭނާއާއި، ކައުންސިލް މެންބަރު މޫސާ ލަތީފްގެ ކިބައިގައި ހުރިކަން ސާބިތުކޮށްދީފި ކަމަށާއި، ނަމަވެސް އެމްޑީއެންއިން އިސްލާމް ދީނަށް ކުރި ފުރައްސާރައާއި ދެކޮޅަށް ބަޔާނެއް ނެރެންކުރި މަސައްކަތް ދިއްދޫ ކައުންސިލްގެ އެމްއެންޑީޕީ މެންބަރުން ނާކާމިޔާބުކޮށްލާފައި ވާތީ ހިތާމަކުރާކަމަށް ދިއްދޫ ކައުންސިލްގެ ރައީސް އަބުދުﷲ ރަޝީދު ވިދާޅުވެއްޖެއެވެ. ދިއްދޫ ކައުންސިލްގައި ތިއްބަވާ 7 މެންބަރުން ތެރެއިން ރައީސް، ރަޝީދުގެ އިތުރުން މެންބަރު މޫސާ ލަތީފަކީ އިދ...

"ދިއްދޫ ރައީސް ހޭންޑް ބޯލް މުބާރާތު"ގެ ޗެމްޕިއަންކަން މިޑްލް ސްޕޯޓްސް ކްލަބަށް
Thiladhunmathi News

"ދިއްދޫ ރައީސް ހޭންޑް ބޯލް މުބާރާތު"ގެ ޗެމްޕިއަންކަން މިޑްލް ސްޕޯޓްސް ކްލަބަށް

ހއ. ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ އެރަށު ކަނބަލުންނަށް ބޭއްވި، ހޭންޑް ބޯލް މުބާރާތުގެ ޗެމްޕިއަންކަން މިޑްލް ސްޕޯޓްސް ކްލަބް ހޯދައިފިއެވެ. “ދިއްދޫ ރައީސް ހޭންޑް ބޯލް މުބާރާތް 2021″ގެ ނަމުގައި އަންހެނުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދިޔަ މިމުބާރާތުގައި 6 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެއީ 3 އޮފީހަކުން ބައިވެރިވި 3 ޓީމަކާއި،، 3 ކްލަބް،ޖަމިއްޔާއިން ބައިވެރިވި 3 ޓީމެކެވެ. އެ ޓީމްތަކަކީ ޖެންޑާ މިނިސްޓްރީގެ ހއ. އަމާންވެށީގެ ޓީމަކާއި، ދިއްދޫ ކައުންސިލްގެ […...

ދިއްދޫ ރައީސް ބާއްވާ ހޭންޑް ބޯލް މުބާރާތުގެ ގުރު ނަގައިފި
Thiladhunmathi News

ދިއްދޫ ރައީސް ބާއްވާ ހޭންޑް ބޯލް މުބާރާތުގެ ގުރު ނަގައިފި

ހއ. ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު. އެރަށުގައި ބާއްވާ ހޭންޑް ބޯލް މުބާރާތުގެ ގުރު ނެގުން ކުރިއަށް ގެންގޮސްފިއެވެ. އަންހެނުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ މިމުބާރާތުގައި 6 ޓީމަކުން ވވަނީ ބައިވެރިވެފައެވެ. އެއީ 3 އޮފީހަކުން ބައިވެރިވި 3 ޓީމަކާއި،، 3 ކްލަބް،ޖަމިއްޔާއިން ބައިވެރިވި 3 ޓީމެކެވެ. ރޭ މި މުބާރާތުގެ ގުރުނެގުން ކުރިއަށް ގެންގޮސްފައިވާއިރު މި މުބާރާތުގައި ވާދަކުރާ އޮފީސް ތަކަކީ ދިއްދޫގައި ހުންނަ ޖެންޑާ މިނިސްޓްރީގެ ހއ. އަމާންވެށީގެ ޓީމަކާއި، ދިއްދޫ ކައުންސިލް އަދި […]

ހއ. ދިއްދޫ ރައީސް ބާއްވާ ހޭންޑް ބޯލް މުބާރާތް އަންނަމަހު، ޗެމްޕިއަން ޓީމަށް -/10،000
Thiladhunmathi News

ހއ. ދިއްދޫ ރައީސް ބާއްވާ ހޭންޑް ބޯލް މުބާރާތް އަންނަމަހު، ޗެމްޕިއަން ޓީމަށް -/10،000

ހއ. ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ބާއްވާ ހޭންޑް ބޯލް މުބާރާތް ނޮވެންބަރު މަހު ފެށުމަށް ތައްޔާރު ވެއްޖެ އެވެ. ދިއްދޫ ކައުންސިލްގެ ރައީސް ރަޝީދު ކުރައްވާފައިވާ ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވަނީ، އަންހެނުންނަށް ޚާއްސަކުރެވިގެން، ނޮވެންބަރު 5 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ “ދިއްދޫ ރައީސް ބާއްވާ 1 ވަނަ ހޭންޑްބޯލް މުބާރާތް 2021 ” ގައި ބައިވެރިވުމަށް ހުޅުވާލާފައިވާކަމަށެވެ. އެގޮތުން، ބައިވެރިވާން ބޭނުންވާ ދިއްދޫގެ ޓީމު ތަކުން މި ހިނގާ އޮކްޓޫބަރު 28 ވާ […]

ތަރައްގީގެ ޕްލޭނަކީ ފަސްއަހަރު ކައުންސިލް ދަތުރުކުރަން ރައްޔިތުން ކޮށައިދިން މަގެއް: ދިއްދޫ ރައީސް
Thiladhunmathi News

ތަރައްގީގެ ޕްލޭނަކީ ފަސްއަހަރު ކައުންސިލް ދަތުރުކުރަން ރައްޔިތުން ކޮށައިދިން މަގެއް: ދިއްދޫ ރައީސް

އަލަށް އެކުލަވާލެވޭ ހއ. ދިއްދޫގެ ތަރައްގީ ޕްލޭނަކީ ކުރިއަށް އޮތް ފަސް އަހަރަށް ކައުންސިލް ދަތުރުކުރަންވީ މަގު ކޮށައިދިން ޕްލޭނެއް ކަމަށް ދިއްދޫ ކައުންސިލްގެ ރައީސް އަބުދުﷲ ރަޝީދު ވިދާޅުވެއްޖެއެވެ. ދިއްދޫގެ ތަރައްގީގެ ޕްލޭން އެކުލަވާލުމަށް ކުރެވޭ މަސައްކަތާއި ގުޅިގެން “ތިލަދުން” އަށް ދެއްވި ބަސްދީގަތުމެއްގައި ރަޝީދު ވިދާޅުވީ، ދިއްދޫ ތަރައްގީގެ ޕްލޭންގެ 90 އިންސައްތަ މަސައްކަތް މިހާރު ނިންމާލެވިފައިވާ ކަމަށެވެ. މި ޕްލޭން ހެދުމުގައި ދިއްދޫ ރައްޔިތުންގެ ޚިޔާލު ވަރަށް ފުޅާ ދާއިރާއެއްގައި ހޯދިފައިވާކަ...

ކަރަންޓީނުކޮށްފައިވާ ގެތަކަށް ކޮންމެ ދުވަހަކު 500 ރުފިޔާ ދޭން ދިއްދޫ ރައީސް ގޮވާލައިފި
Thiladhunmathi News

ކަރަންޓީނުކޮށްފައިވާ ގެތަކަށް ކޮންމެ ދުވަހަކު 500 ރުފިޔާ ދޭން ދިއްދޫ ރައީސް ގޮވާލައިފި

ކޯވިޑްގެ ސަބަބުން ބަންދުކޮށްފައި އޮތް ހއ. ދިއްދޫގައި ކަރަންޓީނު ކުރެވިފައިވާ ގޭތަކުގެ ރައްޔިތުންނަށް ކޮންމެ ދުވަހަކު 500 ރުފިޔާ ހަމަޖައްސައި ދިނުމަށް ސަރުކާރަށް، ދިއްދޫ ކައުންސިލްގެ ރައީސް އަބުދުﷲ ރަޝީދު ގޮވާލައިފިއެވެ. ކޯވިޑްގެ ސަބަބުން ބަންދުކޮށްފައި އޮތުމަށްފަހު ބަންދުން ވީއްލުނުތާ ހަފުތާއެއްގެ ތެރޭގައި ރަށުގެ ފުލޫ ކްލިނިކަށް ދެއްކި މީހަކު މިއަދު ޕޮޒިޓިވްވެގެން އަލުން ދިއްދޫ ބަންދުކުރީ މިދިޔަ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. އިދިކޮޅު ކޯލިޝަންގެ މައިޕާޓީ، ޕީޕީއެމްއަށް ނިސްބަތްވެ ވަޑައިގަންނަވ...

ރައީސަށް ވޯޓު ނުލެވޭގޮތެއް ނިންމުމަކީ ޑިކްމޮކްރަސީއާއި ދުރު ނާތަހުޒީބު ފިނޑިއަމަލެއް: ދިއްދޫ ރައީސް
Thiladhunmathi News

ރައީސަށް ވޯޓު ނުލެވޭގޮތެއް ނިންމުމަކީ ޑިކްމޮކްރަސީއާއި ދުރު ނާތަހުޒީބު ފިނޑިއަމަލެއް: ދިއްދޫ ރައީސް

ހއ. ދިއްދޫ ކައުންސިލްގެ ރައީސްއަށް ކައުންސިލުން ނިންމާ ނިންމުންތަކުގެ ވޯޓުގައި ބައިވެރި ނުވެވޭ ގޮތަށް ކައުންސިލްގެ ހިންގާ ޤަވާއިދަށް އިސްލާހެއް ގެނެސް ފާސްކޮށްފައިވާ ކަމަށާއި، އެއީ ޑިކްމޮކްރަސީއާއި ދުރު ނާތަހުޒީބު ފިނޑިއަމަލެއް ކަމަށް ދިއްދޫ ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު ވިދާޅުވެއްޖެއެވެ. ދިއްދޫ ކައުންސިލް ރައީސް ޢަބުދުﷲ ރަޝީދުގެ ރަސްމީ ފޭސްބުކް ޕޭޖްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިއްދޫ ކައުންސިލްގެ ރައީސް އަށް ވޯޓުގަ ބައިވެރި ނުވެވޭ ގޮތަށް ހިންގާ ޤަވައިދަށް ގެނެވުނު އިސްލާހާ އ...

ރައްޔިތުންގެ އަޑޭކިޔައިގެން މޮޅު ވާހަކަ ދައްކާނެކަމެއް ނެތް: ދިއްދޫ ކައުންސިލް ރައީސް
Thiladhunmathi News

ރައްޔިތުންގެ އަޑޭކިޔައިގެން މޮޅު ވާހަކަ ދައްކާނެކަމެއް ނެތް: ދިއްދޫ ކައުންސިލް ރައީސް

ރައްޔިތުންގެ އަޑޭކިޔައިގެން މޮޅު ވާހަކަ ދައްކާނެކަމެއް ނެތްކަމަށް ވިދާޅުވެ، “ދިއްދޫ ރައްޔިތުންގެ އަޑު” ހަރަކާތަށް ދިއްދޫ ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު ހޫނު ރައްދެއް ދެއްވައިފިއެވެ. “ދިއްދޫ ރައްޔިތުންގެ އަޑު” ހަރަކާތުން މިއަދު ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނެފައި ވަނީ، ދިއްދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 7 ވަނަ އާންމު ބައްދަލުވުމުގައި، ދިއްދޫ ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތްތަކަށް ފީ ނެގުމާ ބެހޭ ގޮތުން ނިންމާފައިވާ ނިންމުމަކީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާ...