ށ. ފީވަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން އެރަށުގައި ކޭކު ކޯހަކާއި، ޕޭސްޓްރީ ކޯހެއް ހިންގަން ނިންމައިފިއެވެ.
މިއީ ފީވަކު ކަނބަލުންނަށް ޚާއްޞަކޮށްގެން އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ކުރިއަށް ގެންދަން ނިންމާފައިވާ ދެ ކޯހެވެ.
މި ދެ ކޯސް ވެސް މި މަހުގެ ފެށުމަށް ނިންމާފައިވާއިރު، މި ކޯސްތައް ކުރިއަށް ގެންދަން ނިންމާފައި ވަނީ 5 ދުވަހާއި 7 ދުވަހާއި ދެމެދުގެ މުއްދަތަކަށެވެ.
މި ދެ ކޯހުގައިވެސް ބޭނުންކުރާނެ ތަކެތި ކޯސްހިންގާފަރާތުން ފޯރުކޮށްދޭން ނިންމާފައިވާއިރު، ކޯސް ފުރިހަމަކުރާ ހުރިހާ ބައިވެރިންނަށް ވެސް ކޯސް ފުރިހަމަކަމުގެ ސެޓްފިކެޓް ދޭން ވަނީ ނިންމާފައެވެ. އަދި މީގެއިތުރުން ކޯސްތައް ފުރިހަމަކުރާ ބައިވެރިންނަށް ޑެކަރޭޓިންގ ކިޓެއް ދޭން ވެސް ވަނީ ނިންމާފައެވެ.
މި ކޭކު ކޯހުގައި ކޭކު އެޅުމާއި، ކޭކުގައި އައިސިން ޖަހަން ދަސްކޮށްދޭނެއެވެ. އަދި ޕޭސްޓްރީ ކޯހުގައި ތަފާތު ނުވަ ވައްތަރުގެ ޕޭސްޓްރީ އައިޓަމް
ހަދަން ދަސްކޮށްދޭނެއެވެ.
މި ކޮންމެ ކޯހެއްގައި ބައިވެރިވުމަށް 1000 ރުފިޔާގެ ފީއެއް ދައްކަންޖެހޭއިރު، މި ކޯސްތަކުގައި ބައިވެރިވެލައްވަން ޝަޢުޤުވާ ފީވަކުގެ ކަނބަލުން އަންނަ ހޯމަ ދުވަހުގެ 14:00 ގެ ނިޔަލަށް ނަންނޯޓު ކުރުމަށް ފީވަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ ފުރުސަތު ހުޅުވާލާފައެވެ.
މި ކޯސްތަކުގައި ބައިވެރިވުމަށް ނަން ނޯޓު ކުރުމަށާއި، އިތުރު މައުލޫމާތު ސާފުކުރުމަށް ފީވަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ނައިބު ރައީސާ ފާޠިމަތު ޝިފްނާ، މޯބައިލް 9509596 އަށް ގުޅައިގެން ކުރިއަށް ގެންދިޔުމަށް ފީވަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އެދިލަށްވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!