ހދ.ހަނިމާދޫ އެއާރޕޯޓްގެ 3 ވަޒީފައަކަށް މީހުން ހޯދަން އިޢުލާންކޮށްފިއެވެ.

މިއަދު ރީޖަނަލް އެއަރޕޯޓްސްއިން ކުރި ޢިއުލާނުގައި އެއާރޕޯޓަށް 2 ލީޑިންގް ފަޔަރމަންއަކާއި 1 ސަބް އޮފިސަރގެ އިތުރުން 5 ފަޔަރ މަން  ބެނުންވާ ކަމަށް ވަނީ ބުނެފައެވެ.

މި ވަޒީފާތަކަށް އެދޭ ފޯމު ރީޖަނަލް އެއަރޕޯޓްސްގެ ކައުންޓަރުން އަދި ހަނިމާދޫ އެއަރޕޯޓް އޮފީހުން ނުވަތަ ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން http://www.csc.gov.mv/dv/downloads/7085 ޑައުންލޯޑްވެސް ކުރެވޭނެކަމަށްވެސް އެފަރާތުން ވަނީބުނެފައެވެ.

މީގެއިތުރުން މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 14 އޮކްޓޯބަރ 2019 ވާ ހޯމަ ދުވަހުގެ  14:00ގެ ކުރިން، ހަނިމާދޫ އެއަރޕޯޓް އޮފީހަށްކަމަށާއި، ވަޒީފާ އަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް (hanimaadhoo@airports.gov.mv) މެދުވެރިކޮށް ބަލައި ގަނެވޭނެކަމަށް ވެސް އެފަރަތުގެ އިޢުލާނުގައި ވަނީ ބުނެފައެވެ.

Ad
ooredoo

މިމަޤާމުތަކަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާނަމަ ފޯމުތައް ބާތިލްކުރެވޭނެކަމަށާއި އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެ ކަމަށްވެސް އެފަރަތުން ވަނީބުނެފައެވެ.

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 15 އޮކްޓޯބަރ 2019 އާއި 14 ނޮވެންބަރ 2019 އާ ދެމެދު، ހަނިމާދޫ އެއަރޕޯޓް އޮފީސް/ ހދ.ހަނިމާދޫ ގައެވެ.އެގޮތުން މިވަޒީފާއެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި، ވަޒީފާ އަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތް ޝޯޓް ލިސްޓް ކުރެވޭނެކަމަށް އިޢުލާނުގައި ވަނީބުނެފައެވެ.

އިތުރު މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 6520023 އެވެ. އީމެއިލް ކުރާނީ (hanimaadhoo@airports.gov.mv) އަށެވެ.