ށ. ކޮމަންޑޫގައި ކުރިއަށް ގެންދިޔަ ކަސްރަތު ޕްރޮގްރާމް ނިންމާލައިފިއެވެ.

"ކަޅުއޮށްފުންމި" ކަސްރަތު ޕްރޮގްރާމް ނަމުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ކޮމަންޑޫ ކައުންސިލާއި، އެރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.

Ad
rt

މި ކަސްރަތު ޕްރޮގްރާމްގެ ކުރިއަށް ގެން ގޮސްފައި ވަނީ މިހިނގާ އޮކްޓޯބަރު މަހުގެ 14 އިން ފެށިގެން 22 ގެ ނިޔަލަށެވެ.

ކޮމަންޑޫ ކައުންސިލުން މައުލޫމާތު ހާމަކުރައްވާފައިވާ ގޮތުގައި މި ޕްރޮގްރާމްގައި އެރަށުގެ ރައްޔިތުންނާއި ރަށުގެ މުއައްސަސާތަކުގެ މުވައްޒަފުންގެ އިތުރުން ސްކޫލު ދަރިވަރުން ވެސް ބައިވެރިވެފައިވެއެވެ.

ކަސްރަތު ޕްރޮގްރާމްގެ ތެރެއިން، ފޮޓޯ: ކޮމަންޑޫ ކައުންސިލް

މި ހަރަކާތް ކާމިޔާބު ހަރަކާތެއްގެ ގޮތުގައި ނިންމާލެވިފައިވާތީ މިކަމުގައި އެހީތެރިވި ފަރާތްތަކަށް ކޮމަންޑޫ ކައުންސިލުން ވަނީ ޝުކުރު އަދާކުރައްވާފައެވެ. މިގޮތުން ޚާއްސަ ގޮތެއްގައި ރިވެރައިނު ސްޕޯޓްސް، ކޮމަންޑޫ ޕޮލިސް، ށ. އަތޮޅު އެޑިޔުކޭޝަން ސެންޓަރު އަދި ކޮމަންޑޫ ސިއްހީ މަރުކަޒުގެ ނަން ކައުންސިލުން ފާހަގަ ކުރައްވައެވެ.

ކޮމަންޑޫ ކައުންސިލުން ގެންދަނީ އެރަށް ވަށައިގެން 10000 މަގޫގަސް އިންދާ ފެހިކުރުމުގެ ޕްރޮގްރާމެއް ވެސް ކުރިއަށް ގެންދަމުންނެވެ. އަދި ކޮމަންޑޫ ކައުންސިލުން ވަނީ އެރަށުގެ މަސްވެރިންނަށް އަމާޒުކޮށްގެން މިދިޔަމަހު ނިޔަމި ކޯހެއްވެސް އެރަށުގައި ކުރިއަށް ގެންގޮސްފައެވެ.