މާދަމާ ހެނދުނު ގަޑިއެއްހާއިރަށް މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

Hulhumale

މާދަމާ ހެނދުނު ގަޑިއެއްހާއިތަށް މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން މިރޭ ކުރި ޓްވީޓެއްގައި ބުނީ މާދަމާ އެ ކުންފުނީގެ ސިސްޓަމްތަކުގެ ޓެސްޓުތަކެއް ހަދަން ހަމަޖެހިފައިވާތީ ހެނދުނު 7:00ން 8:00އަށް ކަރަންޓު ކެނޑިދާނެ ކަމަށެވެ. މިއީ ހިދުމަތްތައް ފުރިހަމަ ކުރުމަށް ކޮންމެހެން ހަދަން ޖެހޭ ޓެސްޓުތަކެއް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މައާފަށް އެދިފަ އެވެ.

މާލެއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ސްޓެލްކޯއިން ވަނީ “ގްރިޑް ޕްރޮޖެކްޓު”ގެ ދަށުން މާލެ އާއި ހުޅުމާލެ ކަރަންޓުގެ އެއް ވިއުގައަކުން ގުޅުވާލާފައެވެ. މި ޕްރޮޖެކްޓުގެ ދަށުން ހުޅުމާލެއިން މާލެއަށް ކަރަންޓު ދޭން ފެށުމަށް ގިނަ ޓެސްޓުތަކެއް ދަނީ ހަދަމުންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *