ކޮވިޑް-19 އާއި ގުޅިގެން ށ. މާއުނގޫދޫ މޮނިޓަރިންގައި އޮތް އޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އުވާލައިފި އެވެ.
އެޗްޕީއޭއިން އެރަށު ކައުންސިލަށް ފޮނުވި ލިއުމުގައި ވާގޮތުން އެރަށް މޮނިޓަރިން އުވާލައިފާ ވަނީ މިއަދު ހެނދުނު 11:12 ގައެވެ.
އެޗްޕީއޭ އިން ބުނީ މޮނިޓަރިން އުވާލީ ޤާނޫނުގައި ބުނެފައިވާ މޮނިޓަރ ކުރުމަށްޓަކައި ބަލުން ކަނޑައެޅުނު ކަންކަން ބެލުމަށްފަހު މޮނިޓަރިންގ ހާލަތު އިތުރަށް ދަމަހައްޓަން ޖެހޭ ސަބަބެއް މިވަގުތު ނެތުމުން ކަމަށެވެ.
މާއުނގޫދޫ ސިއްޙީ މަރުކަޒަށް ދެއްކި 2 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން އެރަށް މޮނިޓަރިން އަށް ލާފައިވަނީ މިދިޔަ ސެޕްޓެމްބަރ މަހުގެ 29 ވަނަ ދުވަހުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!