ސްކޫލްތަކުގައި ކިޔަވައިދޭ އިސްލާމް އަދި ގުރުއާތް ފޮތްތަކުން ކުށެއް ފެނިއްޖެ ނަމަ އެކަން އެޑިއުކޭޝަން މިނިސްޓްރީ އަށް އަންގަން އެ މިނިސްޓްރީން އެދިއްޖެއެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އިސްލާމް އަދި ގުރުއާން ފޮތްތަކުގައި ކުށް ހުރިތޯ ބެލުމަށް ރިވިއުކުރަމުންދާތީ އިސްލާހުކުރަން ޖެހޭ އެއްވެސް ކުށެއް ފާހަގަވެފައިވާނަމަ، އެފަދަ ކުށެއް ހިމެނޭ ފޮތާއި، ސަފްހާ އެނގޭނެހެން ލިޔުމަށް ފަހު curriculum@nie.gov.mv އަށް ފޮނުވުމަށް އެދޭ ކަމަށެވެ.

Ad
rt

އިސްލާމް އަދި ގުރުއާން ފޮތްތަކުން ކުށް ފާހަގަވެގެން އެކަން ސޯޝަލް މީޑިއާގައި އާންމު ވިއ އިރު މިހާތަނަށް ގްރޭޑް 1، 10، 12، އަދި 8 ގެ ދަރިވަރުންގެ ފޮތްތަކުން ވަނީ ކުށް ފެނިފައެވެ.

އެގޮތުން ގުރުއާނުގެ އާޔަތްތައް ދެ ސޫރަތް އެއްވެފައި ހުރުމާއި، ނުބައިކޮށް ލިޔެފައި ހުރުން ފަދަ މައްސަލަތައް ދިމާވެފައިވެއެވެ.

އެކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ބުނީ ގްރޭޑް 1 ގެ ފޮތްތަކުގައި ދިމާވެފައިވާ މައްސަލަ އަކީ މި ފަުހގެ ޗާޕުކުރުމުގައި ދިމާވި މައްސަލައެއް ކަމަށެވެ.

އަދި ބާކީ ފޮތްތަކުގައި މައްސަލަ ހުންނަތާ މިހާރު ފަސް އަހަރުވެފައިވާ ކަމަށް ބުނެފައިވެއެވެ

އެ މިނިސްޓްރީން މިހާރު ވަނީ މިފަދަ މައްސަލަތައް ދިމާނުވާނެ ގޮތަށް އުސޫލު ބަދަލުކޮށް ފޮތްތައް ރިވިއުކުރަން މިނިސްޓްރީން ބޭރުން ފަންނީ ބޭފުޅުންގެ ޓީމެއް އެކުލަވާލާ މަސައްކަތް ފަށާފައެވެ.