ފެނަކަ ކޯޕަރޭޝަންގެ "ފުނަރު" އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކުރިއަށްގެންދާ ސަރަހައްދުތަކުގެ ތެރެއިން ށ. މިލަންދޫގެ އިމްތިހާނުތައް އިއްޔެ ނިންމާލައިފިއެވެ.
އިންޖީން ރިޕެއާއާއި މެއިންޓަނެންސް ދަސްކޮށްދިނުމަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގެ ތިއަރީ އިމްތިހާން ހޮނިހިރު ދުވަހު ނިންމާލިއިރު، ޕްރެކްޓިކަލް ބައިނިންމާލީ އިއްޔެއެވެ.
ފެނަކައިން ފުނަރު ޕްރޮގްރާމު ކުރިއަށްގެންދަނީ ރާއްޖޭގެ ހަތް ސަރަހައްދެއްގަ އެވެ. އެއީ ކުޅުދުއްފުށި ސިޓީ އާއި ށ. މިލަންދޫ އާއި ނ. ވެލިދޫ އާއި ބ. އޭދަފުއްޓާއި ދ. ކުޑަހުވަދޫ އާއި ތ. ވިލުފުށްޓާއި ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީގައެވެ.
ފެނަކައިން ބުނީ އެ ސަރަހައްދުތަކުގެ ތެރެއިން ފުވައްމުލަކާއި އައްޑޫ ސިޓީ ފިޔަވައި އެހެން ސަރަހައްދުތަކުގެ އިމްތިހާނު މި މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ. އެކުންފުނިމް ބުނީ ފުވައްމުލަކާއި އައްޑޫ ސިޓީ ދިގު މުއްދަތަކަށް މޮނީޓަރިން ހާލަތުގައި އޮތުމުން ކްލާސްތައް މަޑުޖައްސާލަން ޖެހުނު ނަމަވެސް، އަންނަ މަހުގެ ތެރޭގައިއެ ދެ ސިޓީގެ އިމްތިހާނުތައްވެސް ނިންމާލެވޭނެ ކަމަށެވެ.
ފުނަރު ޕްރޮގްރާމުގައި ހަތް ސަރަހައްދުން ޖުމުލަ 45 މީހުން ވަނީ ބައިވެރިވެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!