ހއ. އުތީމު ކައުންސިލާއި، އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން އެރަށުގެ ކަނބަލުންނަށް ޚާއްސަކޮށްގެން ހޭންޑްބޯލް ކޯޗިން ކޭމްޕެއް ބާއްވައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފެށުނު މި ކޭމްޕް ރޭ ވަނީ ނިންމާލާފައެވެ. އަދި 2 ދުވަހަށް ކުރިއަށް ދިޔަ މި ކޭމްޕުގައި 40 ފަރާތެއް ވަނީ ބައިވެރިވެފައެވެ.

Ad
rt

އުތީމު އަންހެނުންގެ ކޮމިޓީގެ ރައީސް ޒައީމާ އަބްދުއްޞަމަދު "ތިލަދުން" އަށް މަުއުލޫމާތު ދެއްވަމުން ވިދާޅުވީ މި ކޭމްޕަކީ އެ ރަށުގައި ހޭންޑްބޯލް ކުޅެން ލޯބިކުރާ އަންހެން ފަރާތްތަކަށް އެ ކުޅިވަރު ކުޅޭނެ ގޮތައި އޭގެ ގަވައިދުތައް ރަނގަޅަށް ދަސްކޮށް ދިނުމުގެ މަގްސަދުގައި ބޭއްވުނު ކޭމްޕެއްކަމަށެވެ.

އަދި މި ކޭމްޕްގައި ކޯޗް ކަން ކޮށްދީފައިވަނީ ރަށުން ބޭރުން ގެނެވިފައިވާ މި ކުޅިވަރުގެ ތަޖުރިބާކާރު ކޯޗެއްކަމަށްވެސް ޒައީމާ ފާހަގަ ކުރެއްވިއެވެ.

މީގެ އިތުުރުން، ކޭމްޕްގެ ބައިވެރިންނަށް ވަކި ޚާއްސަ ސެޓިފިކެޓެއް ނުދިން ނަމަވެސް އެންމެ ބޮޑު އަމާޒަކަށްވީ މި ކުޅިވަރު ރަނގަޅަށް ބައިވެރިންގެ ކިބައިގައި އަށެގަންނެވުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތާ މިއަށް ވުރެއް ދިގު މުއްދަތަކަށް މިފަދަ ކޭމްޕެއް ބޭއްވުމަށް އެ ކޮމިޓީން ރާވަމުން އަންނަ ކަމަށްވެސް ޒައީމާ ފާހަގަކުރެއްވިއެވެ.

މިހާރު ގިނަ ރަށްރަށެކޭވެސް އެއްފަދައިން އުތީމުގައިވެސް ތަރައްޤީގެ ޕްލޭން ރޭވެމުގެ މަސައްކަތް ކުރެވެމުން އަންނާތީ މާ ބޮޑު ކަމެއް މި ދުވަސްވަރު ހިންގެން ނެތް ނަމަވެސް ޕްލޭންގެ ކަންތައްތައް ނިމި ހަމަ ޖެހިލެވުމުން އެ ކޮމިޓީން ރޭވިފައި ހުރި ބޮޑެތި ހަރަކާތްތަށް ފެށިގެން ދާނެކަމަށް ޒައީމާ ވަނީ ފާހަގަ ކުރަށްވާފައެވެ.