އުތީމުގައި އޮންނަ ފިޓްނަސް ވޯކްޝޮޕްގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފި
ހއ. އުތީމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފިޓްނަސް ވޯކްޝޮޕްގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފިއެވެ. މިއީ އުތީމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމ) އާއި ޝޭޕް ފިޓްނަސް ސެންޓަރ އަދި ފިސަޕް އިންޓަރނޭޝަނަލް ގުޅިގެން، ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ ވޯކްޝޮޕެކެވެ. މި ކޯހުގެތެރެއިން، ޚާއްޞަކޮށް ދާއިމީ ބަލިތައް ތަޙައްމަލުކުރަމުންދާ ފަރާތްތަކަށް އަމާޒުކޮށްގެން، ޞިއްޙަތާއި ކަސްރަތާ ގުޅޭ މުހިންމު މަޢުލޫމާތުތައް ޙިއްޞާކުރެވޭނެ ކަމަށް އެ ކައުންސިލުން މައުލޫމާތުދެއްވައެވެ. މި ކ...