ވޫހާންގެ ލެބުގެ އޮޑިޓް ހެދުމާ ޗައިނާ ދެކޮޅު

F501A3C2-208D-4F6D-9B4A-3FE76623A410

ކޯވިޑް-19ގެ އަސްލު ހޯދަން ވޫހާންގެ ލެބޯޓްރީއެއްގެ އޮޑިޓެއް ހަދަން ޗައިނާއިން ދެކޮޅު ހަދައިފިއެވެ.

ވޫހާންއިން ކޯވިޑް ފެނުނު ކަމަށް ގަބޫލު ކުރާ ލެބުބަޔޯ ޓެކްގެ އޮޑިޓެއް ހަދަން ޑަބްލިއުއެޗްއޯއިން ނިންމީ މިދިޔަ ހަފުތާގައެވެ.

މިއީ ސައިންސުގެ އަގު ވައްޓާލުންކަމަށާއި އެއަށް ކުރާ އިހުތިރާމު ނަގާލުން ކަމަށް ޗައިނާއިން ވަނީ ބުނެފައެވެ.

ޑަބްލިއުއެޗްއޯގެ ނިންމުމުގައި އޮޑިޓު ހެދުމަށް ނިންމާފައިވަނީ ހަމައެކަނި ބަޔޯ ޓެކްގެ އެއް ނޫނެވެ. ކޯވިޑް އެންމެ ފުރަތަމަ ފެނުނު ސަރަހައްދުގައި ހިމެނޭ ހުރިހާލެބެއްވެސް ބަލަން ވަނީ ނިންމައިފައެވެ.

އެ އިދާރާއިން މިގޮތަށް ނިންމީ ކޮރޯނާ ވައިރަހަކީ ލެބަކުން އުފެއްދި ވައިރަސްއެއް ކަމަށް ބައެއް ފަރާތްތަކުން ގަބޫލު ކުރާތީއެވެ. ނަމަވެސް ޑަބްލިއުއެޗްއޯއާއި ޗައިނާ ގުޅިގެން ހެދި ދިރާސާތަކުން މިއީ ލެބަކުން އުފެއްދި ވައިރަހަކަށް ވުމުގެ ޗާންސް ކުޑަ ކަމަށް ވަނީ ނިންމައިފައެވެ.

ޗައިނާއިން ތުހުމަތު ކުރާ ގޮތުގައި މި ވައިރަސް ލީކުވީ އެމެރިކާގެ މިލިޓަރީ ލެބަކުންނެވެ. އަދި މިއީ ގަނޑުކުރި ކާބޯތަކެތީގައި ޗައިނާއަށް އެތެރެ ކުރި ވައިރަހެއް ކަަމަށްވެސް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *