އަތޮޅުތަކުގެ އެއްރަށް އަނެއްރަށާއި ތަފާތު ކުރުން ނިމުމަކަށް ގެނެސްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ.

ރާޢީ މިހެން ވިދާޅުވީ ރައީސް ޞާލިޙްގެ ދެކަނބަލުން އުތުރުގެ ތިން ރަށަކަށް ކުރެއްވި ދަތުރުފުޅެއްގައި ރާޢީ ތަމްސީލް ކުރަށްވާ މަކުނުދޫ ދާއިރާގައި ހިމެނޭ ކުމުންދޫއަށް ވަޑައިގެންފައި ވަނިކޮށް ކުރެއްވި ޓްވީޓެއްގައެވެ.

Ad
rt

ރާޢީ ވިދާޅުވީ، އެއްރަށް އަނެއް ރަށާއި ތަފާތު ކުރުމަކީ ރާއްޖޭގެ ވެރިކަމުގެ ނިޒާމުގެ ތެރޭގައި "ދުވަސްވެ ކުރަލާފައިވާ ސަގާފަތެއް" ކަމަށެވެ.

އެކަން ނިމުމަކަށް ގެނެސްދެއްވި ރައީސަކީ ރައީސް ޞާލިޙް ކަމަށް ވެސް ރާޢީ ވިދާޅުވިއެވެ.

މިމަހުގެ 17 ވަނަ ދުވަހު ރައީސް ޞާލިޙް ވަނީ ކުމުންދޫއަށް ވަޑައިގެން އެރަށުގެ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި ބައްދަލުކުރައްވައި އެރަށުގައި ކުރިޔަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުންނާއި، ރައްޔިތުންނަށް މިވަގުތު ކުރިމަތިވެފައިވާ އެންމެ ދަތި އުނދަގޫ މައްސަލަތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

https://thiladhun.wonstasite.com/68642

މީގެއިތުރުން ކުމުންދޫ ހެލްތު ސެންޓަރަށާއި، ކުމުންދޫ ސްކޫލަށް ވެސް ވަނީ ޒިޔާރަތް ކުރައްވާފައެވެ. އަދި އެ ރަށު ކަނޑޫފަލުގައި ތަރައްޤީ ކޮށްފައިވާ "ވެހިސަރާ ނޭޗާ ޕާކް" އަށް ވެސް ވަނީ ޒިޔާރަތް ކުރަށްވާ އެތަން ބައްލަވާ ލައްވާފައެވެ.

ކުމުންދޫ އަކީ ރާޢީ ވެސް އެރަކަށް ނިސްބަތްވެވަޑައިގަންނަވާ ރަށެވެ. މިއީ ރައީސް ޞާލިޙްގެ ވެރިކަމުގައި އެމަނިކުފާނު އެރަށަށް ޒިޔާތްކުރެއްވި ދެވަނަ ފަހަރެވެ.