ފޯކައިދޫ ކައުންސިލާއި، ސިއްހީ މަރުކަޒު މުވައްޒަފުންތަކެއް ކަރަންޓީނަށް، އިތުރު 10 މީހަކު ޕޮޒިޓިވްވެއްޖެ

Foakaidhoo

ށ. ފޯކައިދޫން އަނެއްކާވެސް އިތުރު 10 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މި މަހުގެ 12 ވަނަ ދުވަހު އަލާމާތް ހުރެގެން ޓެސްޓުހެދި ފޯކައިދޫގެ 61 އަހަރުގެ އަންހެނަކު ޕޮޒިޓިވްވުމާއި ގުޅިގެން ކުރިއަށް ގެންދާ ކޮންޓް ޓްރޭސިންއިން އިތުރު 10 މީހަކު ޕޮޒިޓިވް ވެފައިވާކަމަށް ފޯކައިދޫ ކައުންސިލުން މިއަދު ވިދާޅުވިއެވެ.

އިތުރު ފަރުވާއަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) އަށް ގެންދެވުނު މި އަންހެންމީހާ ޕޮޒިޓިވް ވީ ކޭއާރްއެޗްގެ އިމެޖެންސީ ރޫމް (އީއާރް) ގައި ފަރުވާދެމުން ދަނިކޮށް، ރޯގާގެ އަލާމާތް ފެނި، ނޭވާކުރުވާން ފެށުމުން ސާމްޕަލް ނަގައި ޓެސްޓް ކުރުމުންނެެވެ.

މި ބަބްލްގައި އެމީހާއާއި އެކު ދިޔަ އާއިލާގެ 4 މީހަކު ކަރަންޓީން ކުރެވުނުއިރު އޭގެތެރެއިން އެކަކު ވަނީ ޕޮޒިޓީވް ވެފައެވެ.

ފޯކައިދޫ ކައުންސިލުން ހާމަކުރެއްވި ގޮތުގައި މި ކޭސް އާއި ގުޅިގެން މިހާތަނަށް ޖުމްލަ 40 ފަރާތެއް ވަނީ އެރަށުން ކޮވިޑަށް ޕޮޒިިޓިވް ވެފައެވެ.

އެގޮތުން، އެރަށު ކައުންސިލްގެ 2 މެންބަރުންނާއި ވަގުތީގޮތުން ހަވާލުވެހުންނެވި ކައުންސިލްގެ ސެކެޓްރީ ޖެނެރަލް އާއި އިތުރު ބައެއް ކައުންސިލް އިދާރާގެ މުވައްޒަފުން ގެ އިތުރުން އެރަށު ސިއްޙީ މަރުކަޒުގެ 6 މުވައްޒަފުން ހިމެނޭ ގޮތަށް 120 ގެ އެއްގައި 565 މީހުން ވަނީ މިވަގުތު ކަރަންޓީނު ކުރެވިފަ ކަމަށް އެ ކައުންސިލުން ވިދާޅުވިއެވެ.

އަދި މިހާލަތުގައި އެ ރަށުގެ ހުރިހާ ފަރާތްތަކުން ވެސް ކެއްތެރިކަން އިސްކުރެއްވުމަށް ފޯކައިދޫ ކައުންސިލުން ވަނީ އިލްތިމާސް ކުރަށްވާފައެވެ.

މި ކޭސް އާއި ގުޅިގެން މިމަހުގެ 15 ވަނަ ދުވަހު ވަނީ އެ ރަށުން ނެގުނު ޖުމްލަ 45 ސާމްޕަލްގެ ތެރެއިން 30 ސާމްޕަލެއް ޕޮޒިޓިވް ވެފައެވެ.

12 ވަނަ ދުވަހެގެ ކޭސް އާއި ގުޅިގެން ޖުމްލަ 40 މީހަކު ޕޮޒިޓިވް ވެފާވާއިރު މީގެ ކުރިންވެސް އެރަށުން ވަނީ ހޯމް ކަރަންޓީނުގައި ހުރި ބައެއް ފަރާތްތަކުން ޕޮޒިޓިވް ވެފައެވެ. އެހެންނަމަވެސް، ރޭންޑަމް ސާމްޕަލް އެއް ޕޮޒިޓިވްވެ ކޮމިއުނިޓީ ސްޕްރެޑަކަށް ފޯކައިދޫ ހުށަހެޅުން މިއީ ފުރަތަމަ ފަހަރެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި