މަސް ނިމޭއިރު ބާކީ ހުންނަ ޑާޓާތަކެއް ދިރާގަކަށް ނުނެގޭނެ ކަމަށް މެންބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަޙުމަދު އަބްދުﷲ އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވ،ީ މަސް ނިމޭއިރު ބޭނުން ނުކޮށް ހުންނަ ޑާޓާ ތަކެއް ދިރާގަކަށް ނުނެގޭނެ ކަމަށާއި މީހަކު ރުފިޔާދީގެން ގަނެފަ ހުންނަ އެއްޗިއްސަކީ އެމީހެއްގެ އަމިއްލަ އެއްޗެއްކަމަށެވެ.

Ad
rt

މެންބަރު އަހުމަދު އަބްދުﷲ މިފަދައިން ވިދާޅުވީ ދިރާގުން ޕޯސްޓްޕައިޑް ޚިދުމަތް ހޯދަމުން ގެންދާ ފަރާތްތަކުން މަސްދުވަހަށް ގަންނަ ޕެކޭޖް އިން މަސް ނިމޭއިރު ބޭނުން ނުކުރެވި ހުންނަ ޑާޓާ އެ ފަރާތްތަކުގެ އަތުން ނަގަމުންދާތީއެވެ.

ދިރާގުން މަސްނިމޭއިރު ބޭނުން ނުކުރެވި ހުންނަ ޑާޓާ ޖެހިގެން އަންނަމަހުވެސް ބޭނުން ނުކުރެވޭކަމުގެ ޝަކުވާ ބޮޑުވެފާވާއިރު، އޫރިދޫއިން ވަނީ މި ޚިދުމަތް ދާދިފަހުން ތަޢާރަފް ކޮށްފައެވެ.

ރައީސް އިބްރާހިމް މުޙައްމަދުގެ ރިޔާސީ ވަޢުދެއްކަމުގައިވާ އިންޓަރނެޓް އަގު ހެޔޮ ކުރުމާއި އިންޓަރނެޓްގެ ސްޕީޑް ހަލުވި ކުރުމަށް ގިނަ ކަންތައްތަކެއް ނިންމާ އިއްޔެ ވަނީ އަމަލީ ގޮތުން އެކަން ތަންފީޒުކުރަން ފަށާފަ އެވެ.

ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ދާއިރާ ސަރުކާރުގެ ހިއްސާ އޮންނަ އެންމެ ޒަމާންވީ ކުންފުނި ކަމުގައިވާ ދިރާގުންވެސް ބަދަލުތައް ގެނެސްފައިވާކަން ފާހަގަކުރެވެއެވެ. މީގެ ކުރިން ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ދާއިރާ ކޮންޓްރޯލްކުރަމުން އައިސްފައިވަނީ ދިރާގުންނެވެ. އިންޓަރނެޓްގެ އަގުތަކާއި ޚިދުމަތްތަކަށް ބޮޑެތި ބަދަލު ތަކާއި އަގުތައް އަތްފޯރާފަށަށް ތިރިވެފައިވަނީ އޫރިދޫން ރާއްޖެއަށް ޚިދުމަތް ދޭން ފެށުމާއި އެކުއެވެ. އެއާއި އެކު ވަރަށް ބޮޑެތި ލުއިތަކެއް ދިވެހިންނަށް ލިބިގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.

އުރީދޫ މޯލްޑިވްސް އިން ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މިދިޔަ އޭޕްރީލްމަހުން ފެށިގެން ޑޭޓާ ރޯލް ކުރެވޭ ގޮތްވަނީ ހަދާފަ އެވެ. މި ހިދުމަތާ އެކު 600ރ. އިން މަތީގެ ޕްލޭންތައް ގެންގުޅޭ ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ ކޮންމެ މަހެއްގެ ޑޭޓާ އެލަވަންސް އިން މަސް ނިމޭ އިރު ބޭނުންނުކޮށް ހުންނަޑޭޓާ އަނެއް މަހުގެ ޑޭޓާ އެލަވަންސްއާ އެކު އެއްވެގެންދާނެ އެވެ.

ޑޭޓާ ރޯލް ކުރުމުގެ ހިދުމަތާ އެކު 200ޖީބީ އާހަމައަށް ޑޭޓާ އަނެއް މަހުގެ ޕެކޭޖް އެލަވަންސަށް އެއްކުރެވޭނެއެވެ. މިގޮތުން ސޯޝަލް މީޑިއާ އަށް ހާއްސަ ޑޭޓާ އާއި އެޑްއޯންސްގެ ގޮތުގައި ނަގާ ޑޭޓާ ފިޔަވައި، މުޅި މަހުގެ ޑޭޓާ އެލަވަންސް ވެސް ރޯލް އޯވާގެ ހިދުމަތް މެދުވެރިކޮށް، ކުރިއަށް އޮތް މަހަށް އިތުރު ކުރެވޭނެއެވެ.

މިގޮތަށް ޑޭޓާ ރޯލް އޯވާ ކުރެވޭނީ 600ރ. އަދި 800ރ. ގެ ޕޯސްޓްޕެއިޑް ޕްލޭންތަކަށް އެންމެ ގިނަވެގެން 30ޖީބީއެވެ. އަދި 1000ރ. އިން މަތީގެ ޕޯސްޓްޕެއިޑްޕްލޭންތަކަށް އެންމެ ގިނަވެގެން ޑޭޓާ ރޯލް އޯވާ ވާ އަދަދަކީ 200ޖީބީއެވެ.

އޫރިދޫއަކީ މިވަގުތު އެންމެ އަގުހެޔޮ އަދި އެންމެ ހަލުވި އިންޓަރނެޓްގެ ޚިދުމަތް ދިވެހިންނަށް ފޯރުކޮށްދެމުން އަންނަ ކުންފުންޏެވެ. އުރީދޫން ފެށުނީއްސުރެ މަސައްކަތްކުރަމުން އަންނަނީ ދުނިޔޭގެ ފެންވަރުގެ އީޖާދީ ހިދުމަތްތައް ރާއްޖެއަށް ތައާރަފްކޮށް، އިތުރު ފުރުސަތުތައް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް ގުޅުވާލަދިނުމަށެވެ.